މިހާރު މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން ގުނޫތު ނާޒިލާ ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި މިނިސްޓްރީން އަންގާ ގުނޫތު ނާޒިލާ ކިޔެވުމަށެވެ.
އަދި މިސްކިތްތަކުގައި ކިޔަވަންޖެހޭނީ އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ގުނޫތު ނާޒިޔާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.