ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެވެއެވެ.
ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި އެހެންކަމުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް އެ އޮޮފީހުން ބުންޏެވެެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އިއްޔެ ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.