ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދިރާގުން ބައިނަލް އަގުވާމީ ޖަމިއްޔާތަކާއު ގުޅިއްޖެ އެވެ.
“ސްޓާޓަފް ވީކެންޑް” ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ ދިރާގާއި ޔޫއެންޑީޕީ އަދި އިކޮނަމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމަންޓުން ޓެކްސްޓާސް ގްލޯބަލްއާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެެވެ.
ދެބަޔަކަށް ބަހާލައިގެން އަންނަ އޮކްޓޯބަރ މަހު ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ފުރަތަމަ ކުރިއަށް ދަނީ ގުޅިގެން ވިޔަފާރި ހިންގާނެ ގޮަތް ހޯދުން ކަމަށާއި ދެވަނަ ބައިގައި އޮންނާނީ އެ ގުރޫޕްތަކުގެ މެދުގައި ވިޔަފާރި އާއި ބެހޭ މުހިއްމު މައުލޫމާތުތައް ހިއްސާކޮށް، އެ އިން ޕްރޮޑަކްޓެއް ނެރެދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ވޯކްޝޮޕްގެ މަގްސަދަކީ ޒުވާނުން ވިޔަފާރިއަށް އަހުލުވެރިކޮށް، ޒުވާނުން ވިޔަފާރީގެ މާހައުލަށް ލޯ ހުޅުވައިދިނުން ކަމަށާއި މިއީ މިފަދަ ގޮތަކަށް ބައިނަލް އަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން އިންޓަނޭޝަލް ވޯކްޝޮޕެއް ރާއްޖޭގައިި ބާއްވާ ފުރަތަމަ ފަހަރުކަމަށް ދިރާގުން މައުލޫމާތު ދެއެވެ.