twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެންޕިއަންޝިޕްގައި އަފީފުއްދީން އާއި އޭއީސީން ބައިވެރިވެއްޖެ

Sep 9, 2017

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް އާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވެއްޖެ އެވެ.

މި މުބާރާތުގައި އޭއީސީން 30 ދަރިވަރުން އަދި އަފީފުއްދީން ސުކޫލްގެ 14 ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމަހު 11 އިން 15 އަށް ކުރިއަށް ގެންދާ މިމުބާރާތަށް ކުޅުދުއްފުށިން ބައިވެރިވެފައި ވަނީ ދުވުން، ރިލޭ، ޝޮޓް ޕޮޓް، ލޯންގް ޖަންޕް، ބޯލް ތްރޯވިން އަދި ޖެވެލިންގެ އިތުރުން ޑިކްސް ތްރޯވިންގައި އެވެ.

އޭއީސީގެ ފަރާތުން މައުލޫމާތު ދެމުން އަލީ ޝަރީފް ބުނިގޮތުގައި 5 އޮފިސަލުނާއި ހުރިހާ ހަރަދަކާއި ދަރިވަރުންގެ އެއްކޮޅު ޓިކެޓު ފިޔަވާ އެެހެން ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ ސްކޫލުން ކަމަށެވެ.

ހދ އޭއީސީން އެތުލެޓިކްސް މީޓްގައި ބައިވެރިވާ ދަރިވަރުން ފޮޓޯ: އަލީ ޝަރީފް–

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް ވިދާޅުވި ގޮތުގައި 14 ކުދިންނާއި 2 އޮފިސަލުންގެ އެކޮމަޑޭޝަން ވަނީ ހަމަޖެހިފައި ކަމަށެވެ. ނަމަވެސް ދަރިވަރުންގެ އެކޮމަޑޭޝަންގެ ހަމަޖައްސާފައި ވަނީ ބެލެނިވެރިން ކަމަށެވެ. އަދި އެކުދިންގެ ހަރަދުތަކަށް ސުކޫލުން 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނާސިހާ ވަނީ ވިދާޅުވެފައި އެވެ.

ހދ އޭއީސީގެ ދަރިވަރުން މިއަދު ހެނދުނު މާލެ ގޮސްފައިވާއިރު އަފީފުއްދީންގެ ދަރިވަރުން މާލެ ދިޔުމަށް ފުރާނީ މިއަދު ހަވީރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355