ކުއަންޓަމް އިން އިންތިޒާމް ކޮށްގެން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވާ ކުއަންޓަމް ވެޓަރަންސް ކަޕް 2017 ގެ ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
މިއީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 1 އޮކުޓޫބަރު 2017 އަށް މީލާދީ ގޮތުން 35 އަހަރު ފުރިފައިވާ ކުޅުންތެރިންނަށެވެ.
12 ސެޕްޓެމްބަރު 2017 ގެ 22:30 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ ނަން ނޯޓް ކުރަން ބޭނުންފުޅު ފަރާތްތަކުން ކުއަންޓަމް ފިހާރައަށް ގުޅުއްވާ ނުވަތަ ދުރުވެ ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ކުއަންޓަމް އިން މައުލޫމާތުދެ އެވެ. ކުއަންޓަމް ފިހާރައަށް ގުޅޭނެ ނަންބަރަކީ 6528687 އެވެ.