twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެމްއޭސީ އާރޓް މައުރަޒުގެ ބެސްޓް ވައިބްރެންޓަކަށް ކުޅުދުއްފުށީގެ ޒުވާން އާރޓިސްޓަކަށް ލިބިއްޖެ

Sep 10, 2017

މޯލްޑިވްސް އާރޓިސްޓް ކޮމެޓީން ބޭއްވި އާރޓް މައުރަޒަކުން ބެސްޓް ވައިބްރެންޓް އާރޓިސްޓަކަށް ކުޅުދުއްފުށީގެ ޒުވާން އާރޓިސްޓަކަށް ލިބިއްޖެ އެވެ.މިމަގާމު ލިބިފައިވަނީ ކުޅުދުއްފުށީ، ލައިޓް ހައުސް މުސްތަފާ މުހައްމަދު (19އ) އެވެ.

މި އާރޓް މައުރަޒުގެ ރޭ ހުޅުވާފައިވާއިރު މި ހަފްލާގައި ވަނީ ބެސްޓް ވައިބްރެންޓްގެ އިތުރުން އެންމެ މޮޅު 15 އާރޓިސްޓުން ހޮވާފައި އެވެ.

ކޭއޯ އާއި ވާހަކަ ދައްކަމުން މުސްތަފާ ބުނީ މި އެކްޒިބިޝަންގައި ބައިވެރިވީ އެނާގެ ހުނަރު އެހެން މީހުންނަށް ދައްކާލުމުގެ ބޭނުމުގައި ކަމަށާއި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް މިހާރު މި ދާއިރާއަކީ ރާއްޖޭގައިވެސް ކުރިއަށް ދެވެންއޮތް ދާއިރާއެއް ކަމަށެވެ.

މިހާ ހިސާބަށް އައުމަށް އެންމެބޮޑު އެހީވެދިނީ އާއިލާގެ އިތުރުން ރައްޓެހިންނަށް މުސްތަފާވަނީ ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި އާކިޓެކްޗާރ ހަދަމުންދާ މުސްތަފާއަކީ ކުޑައިރުންސުރެ ކުރެހުމާއި އާރޓުގެ މަސައްކަތަށް ޝައުގު ހުންނަ ޒުވާނެކެވެ.

މި އެކްޒިބިޝަންއާއި ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެމުން އެމްއޭސީ ގެ ޖެނެރަލް ސެކްޓެރީ ހުސެއިން އިހްފާލް ވިދާޅުވީ މި އެކްޒިބިޝަންގެ މަގުސަދަކީ މިދާއިރާއަށް އަލަށް ނުކުންނަށް ކުދިންނަށް ރަނގަޅު ޕްލެޓް ޕޯމެއް ހޯދައިދިނުންކަމަށާއި އެގޮތުން މި ގެލެރީން ޑިޖިޓަލް ޕެއިންޓިން، ޑްރޯވިންސް ގެ އިތުރުން އެކި ކަހަލަ ކުރެހުންތައް ފެނިގެން ދާނެކަމަށެވެ.

މީގެ އިތުރުން އެންމެ މޮޅު 15 އާރޓިސްޓުންގެ ކުރެހުންތައް ރިސޯޓްތަކުގައި އޮންނަ އެކި އެކްޒިބިޝަންތަކުގައި ބައިވެރިކުރާނެ ކަމަށްވެސް އިހްފާލް ވިދާޅުވިއެވެ.

މައުރަޒުން ބެސްޓް ވައިބްރެންޓް ގެ މަގާމު ލިބުނު މުސްތަފާއަށް ވެސް ވަނީ ރިސޯޓެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.

މި މައުރަޒު ކުރިއަށް ދާނީ ސެޕްޓެމްބަރު 14 ހަމައަށް ނެޝަނަލް އާރޓް ގެލެރީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355