twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގެ ރޯހައުސްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި

Sep 10, 2017

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި ރޯހައުސްތަކެއް އަޅަން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ. އެ މަޝްރޫއުގެ ދަށުން ތިލަދުންމަތީގެ ތިން ރަށެއްގައި ގެދޮރުވެރިކަމުގެ ޕްރޮގުރާމް ފެށި އެވެ. އެއީ ކުޅުދުއްފުށީ، ދިއްދޫ އަދި ނޮޅިވަރަންފަރެވެ. މިރިޕޯޓްގައި ހިމަނާލާނީ ކުޅުދުއްފުށީގައި އަޅަން ފެށި ރޯހައުސްތަކުގެ ވާހަކައިންނެވެ.

ބިމުގެ ދަތިކަން ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާއިރު ވަކިން ދިރިއުޅުމެއް އުޅެން ބޭނުންވާ އެތަށް ޒުވާނުންނެއް އެބައުޅެ އެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތް ކުރަން ފެށި އެވެ. އެއީ ހިއްކި ސަރަހައްދުގައި އަޅާ 100 ރޯހައުސް އާއި ޖަލާލުންދީން ސްކޫލު ކައިރީގައި އިމާރާތްކުރާ 18 ރޯހައުސް އަދި ހަސަނާތު މިސްކިތް ކައިރީގައި އިމާރާތްކުރާ 40 ރޯހައުސް އެވެ. މިތަނުން މަސައްކަތް ނިމި ކައުންސިލާ ހަވާލުކޮށްފައިވަނީ ޖަލާލުއްދީން ސްކޫލު ކައިރީގައި އިމާރާތްކޮށްފައިވާ ރޯހައުސް ތަކެވެ. ހިއްކި ސަރަހައްދުގައި އިމާރާތްކުރަން ފެށި ރޯހައުސްތައް ވަނީ ހުއްޓިފަ އެވެ.

މިތަނުން މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ސްކޫލު ކައިރީގައި ހުރި ރޯހައުސްތަކުގެ މަސައްކަތް ނިމި އެތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން ވެސް ވަނީ ބާއްވާފަ އެވެ. ގުރުލުން ބާއްވާ އެތަށް މަސްތަކެއްވެފައިވީއިރުވެސް އެ ރޯހައުސްތައް ލިބެން ޖެހޭ ފަރާތްތަކާ ހަވާލުކުރެވިފައިވާނުވަނީ ހައުސިންގ މިނިސްޓްރީ އެކަން ނާންގާތީކަމަށް ކައުންސިލުން ބުނެ އެވެ. ސްކޫލު ކައިރީގައި ހުރި ރޯހައުސްތަކުގެ ތެރެއިން އެތަނުން ދެ ރޯހައުސްއެއް ގައި މިހާރުވެސް މާފިލާފުށި ދެ އާއިލާއެއް އަންނަނީ ދިރިއުޅެމުންނެވެ. އަދި ދެން އެތަނުގައި ހުރި ރޯހައުސްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދަނީ ހައުސިންގ މިނިސްޓްރީން އެވެ.

ރޯހައުސްތައް ހަވާލުނުކުރެވި ހުރީ މިނިސްޓްރީން ވަކި އެއްޗެއް އަންގާފައިނުވާތީ: ކުޅުދުއްފުށީ ކައުންސިލް

އުމްރާނީ ގިނަ ވަސީލަތްތަށް ކުޅުދުއްފުށީގައި ގާއިމްވެފައި ހުރުމުން ކައިރި ރަށްރަށުގެ ގިނަ ރައްޔިތުންތަކެއް ކުޅުދުއްފުއްޓަށް ހިޖްރަކޮށް މިހާރުވެސް ދިރިއުޅެމުންނެވެ. އެމީހުން އުޅެމުންދަނީ ކުލި ދައްކައިގެންނެވެ.

” ގުރުލައިގެން ރޯހައުސް ވަނީ ލިބިފަވިޔަސް އެތަނަށް ވަދެވޭނެ ދުވަހެއް ނޭނގޭ. ކުލި ދައްކައިގެން މިހެން އުޅެން ޖެހޭތީ ވަރަށް ދަތިވޭ ލަސް ބޮޑުވާތީ ” ކުޅުދުއްފުއްޓަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހަކު ބުންޏެވެ.

ތަކުރާރުކޮށް ހައުންސިންގ މިނިސްޓްރީއަށް ގުޅައިގެން ރޯހައުސްތަކުގެ މައުލޫމާތު ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ. ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ރޯހައުސްތަކުގެ މައްސަލަށް ވީހާވެސް އަވަހަކަށް ހައްލުކޮށްދެވުމަށް ތަކުރާރުކޮށް މިނިސްޓްރީގައި ދަންނަވާފައިވާނޭ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މިނިސްޓްރީން އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯހައުސްތަކަށް ނުވަދެވިގެން އުޅެނިކޮށް ގަސްފަޅާ ވާވަނީ

ރޯހައުސް ލިބިފައިވާ އެތަށް ބަޔަކު އެތަނަށް ވަދެވޭނެކަމުގެ އިންތިޒާރުގައި އެތަށް ދުވަހެއް ގުނަމުންދާއިރު އަދި ވެސް ރޯހައުސްތަކަށް ވަދެވޭވެ ދުވަހެއް ނޭނގެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355