twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަރުގަދަ 3 ގޭމެއް މިއަހަރު ނިކުންނާނެ

Sep 17, 2017

ޕްލޭސްޓޭޝަން 4 އާއި މައިކުރޯސޮފްޓް އެކްބޮކްސް 1 އަދި ނިންޓެންޑޯ ސުވިޗްއަށް ބޮޑު 3 ގޭމް އެއް ވަރަށް އަވަހަށް ކުޅެން ފެށޭނެ އެވެ.

މި އަހަރު ގިނަ ގޭމް ތަކެއް ނިކުތުމަށް ހަމަޖެހިފައިވާއިރު އެންމެ ފާހަކަ ކޮށްލެވޭ 3 ގޭމް އަކީ މިއީއެވެ.

ނިންޓެންޑޯ ސުވިޗް އިން “ސުޕާ މާރިޔޯ އޮޑީސީ”

ޒަމާނަން އަންނަ ބަދަލުތަކާއެކު މާރިޔޯ ގޭމް އަށްވެސް ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ. އަންނަ އޮކްޓޫބަރ މަހުގެ 27 ގައި މި ގޭމް ނިންޓެންޑޯ ސުވިޗް ތަކުން ކުޅޭވޭއިރު މިއީ ބޮޑު ހުސްބިމެއްގައި ސިއްރު ތަންތަނާއި މިޝަންތަކުން ފުރިފައިވާ ގޭމް އެކެވެ. 80 ގެ އަހަރުތަކުގެ މި ގޭމްއަކީ މިހާރުވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގޭމްއެއްކަން ފާހަގަ ކޮށްލެވެއެވެ.

އެކްބޮކްސް 1 އަދި އެކްބޮކްސް އެކްސް އިން “ޕުލޭޔާ އަންނޯންސް ބެޓަލްގުރައުންޑް”

ތަފާތު ނަމަކާއި ބޮޑު ކޮންސެޕްޓެއް މި ގޭމްގައި ހިމެނެއެވެ. 100 މީހުން ބޮޑު ރަށެއްގައި އަށްސާފައި އެކި ތަންތަނަށް އުކާލާފައި ތިބެ  ހަނގުރާމަ ކުރަމުން ދެއެވެ. އަދި މެޗް ނިމޭންދެން ދިރި ހުންނަ މީހަކީ މޮޅުވާ މީހާއެވެ. މި އަހަރުގެ ފަހުކޮޅު މައިކްރޯސޮފްޓް އެކްބޮކްސް 1 އަދި އެކްބޮކްސް އެކްސް އިން ކުޅެވޭނެއެވެ.

ޕްލޭސްޓޭޝަން 4 އަދި ޕުލޭސްޓޭޝަން 4 ޕްރޯ އިން “ގުރޭން ޓްރިސްމޯ ސްޕޯޓްސް”

ރޭސް ޖަހާ ހިތްވާ ފަރާތެއްނަމަ މި ގޭމް ކުޅޭނެއެވެ. ކާރުގެ އެންމެ ކުޑަކުޑަ ކޫރުންވެސް ވަރަށް ސާފުކޮށް ފެންނަށް ހުންނަ މި ގޭމްއަކީ އޮކްޓޫބަރ މަހުގެ 17 ގައި ޕުލޭސްޓޭޝަން 4 އަދި ޕުލޭސްޓޭޝަން 4 ޕްރޯ އިން ކުޅެވޭނެ ގޭމްއެކެވެ. މި އަހަރު ރިލީޒްކުރި މި ގޭމް އަކީ ކާރު ގޭމް ތަކަށް އިންގިލާބީ ބަދަލެއް ގެނައި ގޭމްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355