twitterviber whatsapp telegramfacebookyoutube instagram
8th September 2024

12 އަހަރުގައި ބައްޕަ ދޫކޮން ބަންގްލަދޭޝްއަށް ދިއުމަށް ކުރި ބިރުވެރި ދަތުރު

Sep 12, 2017

މިޔަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގިނަ ކޮންމެ ދުވަހަކުވެސް ދަނީ އެތަށްހާސް މުސްލިމުންނެއް ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖްރަކުރަމުންނެވެ. އެގޮތުން މިއީ މީގެ 15 ދުވަސްކުރިން ބަންގްލަދޭޝް އަށް ހިޖްރަކުރި އުމުރުން 12 އަހަރުގެ ޖާޝިމް އަލްޖަޒީރާއަށް ހިއްސާކޮށްފައިވާ ބިރުވެރި ދަތުރުގެ ވާހަކައެވެ.

“އަހަރެންގެ ނަމަކީ ޖާޝިމް އަދި އުމުރަކީ 12 އަހަރު. ހަމަނުޖެހުން ފެށުމުގެ ކުރިން ކިޔަވަމުން ދިޔައީ ސުކޫލުގަ. އެންމެ ކިޔަވާހިތްވާ މާއްދާ އަކީ އިނގިރޭސި ބަސް އެއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކާ އަމިއްލަ ހިޔާލުތަށް ހިއްސާ ކުރުމުގެ ބޭނުމުގަ. އަދި އަވަހަށް ކިޔެވުން ފަށަން ވަރަށް ބޭނުންވޭ އެއީ މުސްތަގުބަލުގައި ކިޔަވައިގެން ވާން ބޭނުންވަނީ ޓީޗަރަކަށް ވާތީ.

އެ ދުވަހު މިލިޓަރީގެ މީހުން ވިލޭޖްގެ ތެރެއަށް އައުމުން ދުވަން ޖެހުނީ ފިލަން. ދެކުނިން 100 ނޫނީ 200 އެއްހާ މީހުން ބަޑި ޖަހާ ގެތަށް ރޯ ކުރާތަން. އެތަން ފެނި ވަރަށް ބިރުގަތް.

ޖަންގަލީގައި ފިލައި އިނުމަށްފަހު ދެން ޖެހުނީ ބަންގްލަދޭޝް އަށް ދާން ހިނގަން ފަށަން. 13 ދުވަސް ނެގި އެހިސާބަށް ދާން. އަދި ޖަންގަލީގައި މަޑުކޮށްގެން އަމިއްލަ ހިޔާވަހިކަން ހޯދަން ޖެހުން.

އެއީ އުދަނގޫ ދަތުރެއް. ބޮޑެތި ފަރުބަދަ ތަކާއި ކުދި ކޯރުތަށް ހުރަސް ކުރިން. ހިނގަމުންދާއިރު އަބަދުވެސް ބިރުގަނޭ. ހީވަނީ މިލިޓަރީ މީހުން ކަންކަނުގަ އުޅޭހެން. އަދި ބަންގުލަދޭޝް އާއި ހަމައަށް ދެވުނީމަ ޖެހޭ ވަރަށް ސަމާލުވާން. އެމީހުން މިތާހުންނަނީ ބޮން ވަޅުލައިފަ. އެރިއްޖާ ގޮވާނެ.

ވަރަށް ދެރަވޭ ވިލޭޖް ނެތީމަ. އެކައްޗެއްވެސް ނުގެންނަށް. މަންމަ އެކީ އައީ. ބައްޕަ އަދި ވީ ރަހިނީ ސްޓޭޓްގަ. ބައްޕަ ބުނީ އަމިއްލަ ފުނާނަ ސަލާމަތްކުރާށޭ ބައްޕަ ފަހުން އަންނާނަމޭ. އެކަމަކު ބައްޕަވީ ތަނެއްވެސް ކިހިނެތް ކަމެއްވެސްވީ ނޭނގޭ. ފަހުން ބައްޕަގެ ހަބަރެއް ނުވޭ. ވަރަށް ކަންބޮޑުވޭ އެބަ ބައްޕަ އެމީހުން ފެނުނީބާއޭ ނޫނީ ބޮމަކަށް އެރުނީބާއޭ ހިތަށް އަރާފަ.

އަހަރެމެން ސަލާމަތުން މިހާރު ތިބެވޭތީ އުފާކުރަން އެކަމަކު މިތާގައި އުޅެން ވަރަށް އުނދަގޫ. ނިދަންވެސް ޖެހެނީ ތެއް ވެލިގަނޑުގަ.

ދުނިޔެއާއި މިއަންމާގެ ރައްޔިތުންނަށް އަހަރެން ދޭނެ މެސެޖަކީ، މިއަންމާގެ މީހުން އަހަރެމެން ރަސްމީކޮށް ރައްޔިތުން ގޮތުގައި ހަދައިދިނުން. އެއީ ބޭނުންވާ ކަމަކީ އަދި އުފާވާނެ ކަމަކީ.”

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355