ކާތަކެތި އިސްރާފު ނުކުރާށެވެ!

ކުޅުދުއްފުށި އޮންލައިން - 1 month ago - 27 ސެޕްޓެމްބަރ 2017



ކާތަކެތި އިސްރާފު ނުކުރުމަކީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެހެނީ ކާއެއްޗެއްސަކީ ﷲ ބަރަކާތް ލައްވާފައިވާ ތަކެއްޗަށް ވާތީއެވެ. ތިބާ މިއަދު އިސްރާފުކުރަމުން ގެންދާ ކާއެއްޗެހި މާދަމާ (އެއްވެސް ކާއެއްޗެއް ނެތް ހާލު) ނުލިބި ދިއުމަކީ ވެސް ދުރުގައިވާ ކަމަކަށް ނުވާތީއެވެ. ކާތަކެތި އިސްރާފުކުރުމަކީ މާތް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރި ނުވާކަން ދައްކައިދޭ ކަމެކެވެ.

މާތް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވާނަމަ، އެނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށް އެކަލާނގެ ވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ބަސްފުޅެއްގެ މާނައިގާ ވެއެވެ. “ނިޢުމަތްތަކަށް ޝުކުރުކޮށްފިނަމަ ތިމަންރަސްކަލާނގެ ނިޢުމަތްތައް އިތުރުކުރައްވާ ހުށީމެވެ.”

ކީރިތި ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ކާތަކެތި އިސްރާފުކުރައްވާ ބޭކަލެއް ނޫނެވެ. އެކަލޭގެފާނު އެއްޗެއް ފަރީކުޅުއްވާ ހިތްޕުޅުވެއްޖެނަމަ އެ އެއްޗެއް ފަރީކުޅުއްވައެވެ. އަދި ފަރީކުޅުއްވާ ހިތްޕުޅު ނުވެއްޖެނަމަ އެ އެއްޗެއް ދޫކޮށްލައްވައެވެ.

ޢަބްދުއްރައްޒާޤް ޢަލީ ލިޔުއްވާފައިވާ ކެއިންބުއިމުގެ އަދަބުތައް ފޮތުން ނަގާފައި