twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިފޯން 7 ގެންގުޅޭނަމަ 8 ގަންނާނެ ކަމެއްނެތް

Sep 13, 2017

މިހާރު ތި ގެންގުޅެނީ އައިފޯން 7 ނަމަ އައިފޯން 8 ގަތުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ އައިފޯން 7 ކާއި މާ ބޮޑުތަފާތެއް 8 ގައި ނެތީމައެވެ

މިދިޔަ އަހަރު ނިކުތް އައިފޯން 7 ކާއި އިއްޔެ ލޯންޗުކުރި އައިފޯން 8 ގައި ހިމެނެނީ ވަަރަށް ކުދިކުދި ބަދަލުތަކެކެވެ. އެެހެންނަމަވެސް އައިފޯން އަފްގްރޭޑް ކޮށްފައިވާތީ 8 ބޭނުން ކުރަން ފަސޭހަވާނެއެެވެ.

އެގޮތުން އައިފޯން 8 ގައި ހިމެނެނީ އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ފާސްޓް ޕްރޮސެސާރ އެވެ. އެއީ އޭ11 ބައޮނިކް ޕްރޮސެސާރ އެކެވެ. އަދި އެޕަލް އިން ބުނާގޮތުގައި މި ޕްރޮސެސާރ ގައި ފޯން މަސައްކަތް ކުރާ މިންވަރު ހަލުވިކޮށް ޕާރފޯމެންސަށް 2 ކޯރ ހިމަނާފައިވާ ނެއެވެ.

އެހެންކަމުން ފޯން މަސައްކަތް ކުރާ މިންވަރު 25 ޕަސެންޓް ހަލުވިވާނެ ކަމަށް އެޕަލްއިން ބުނެއެވެ. އެހެންނަމަވެސް އައިޕޯން 7 ގެ ޕްރޮސެސާއަކީ އޭ9 ގެ ޕްރޮސެސާރ އެކަމުން މިއީވެސް ފާސްޓް ޕްރޮސެސާއެކެވެ.

އެހެންކަމުން އައިފޯން 7 ގެންގުޅޭ ނަމަ 8 ކަށް ނުގޮސް އައިޕޯން އެކްސް ނުވަތަ އައިފޯން 10 އަށް މަޑުކޮށްލާށެވެ. އެޕަލް އިން އައިފޯން 10 އަކަށް “އެކްސް” ނަން ދީފައިވަނީ މިއީ އައިފޯންގެ 10 ވަނަ އަހަރީ ދުވަހަށް ވެފައި މިފަހަރުގެ ފޯނު އެ މުނާސަބަތާ ގުޅިގެން ހާއްސަވާނެތީ ކަމަށް ބެލެވެއެވެ. “އެކްސް” އަކީ ރޯމަން ނިއުމެރަލްސްގައި “10” އެކެވެ.

އެގޮތުން އެޕަލްއިން ބުނީ އައިޕޯން 10 އަކީ ސްމާޓްފޯންގެ ކުރިމަގު ކަމަށާއި އައިފޯން 7 އަށް ވުރެ އައިފޯން 10 ގައި ބެޓެރީގެ ބާރު ދެ ގަޑިއިރު އިތުރަށް ހިފަހައްޓާނެ ކަމަށެވެ. މީގެ އިތުރުން 10 ގައި ވަޔަލެސް ޗާރޖިންވެސް ވަނީ ހިމަނާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355