twitterviber whatsapp telegramfacebookyoutube instagram
22nd July 2025

އީ-އެޓޯލުން މިހާރު ކުޅުދުއްފުށީގެ ޗާޓުވެސް ބަލާލެވޭނެ

Sep 17, 2017

އީ-އެޓޯލްއަކީ އޮންލައިންކޮށް ފަސޭހަކަމާއެކު، ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގެ ގެތަށް ހިމެނިފައިވާ މެޕެކެވެ.

އީއެޓޯލް އިން މައުލޫމާތުދޭ ގޮތުގައި 2007 ވަނަ އަހަރު ލޯންޗްކޮށްފައިވާ މި މެޕް އަކީ ގޫގުލް މެޕްގައި މާލޭގެ އެޑްރެސްތަށް ހިމެނުމުގެ ކުރިން ވުޖޫދަށް އައިސްފައިވާ މެޕެއް ކަމަށެވެ.

އަދި ފުރަތަމަ މާލޭގެ އެޑްރެސްތައް ހިމަނައިގެން ފެށި މި މެޕްގައި ކުޅުދުއްފުއްޓާއި ރާއްޖޭގެ ބައެއް ރަށްތައް ހިމެނުނީ ފަހުގެ ތާރީހެއްގައި ކަމަށެވެ.

އަދި މިއީ ހިލޭ ބޭނުންކުރެވޭ އެޕްއެއްކަމަށާއި ރާއްޖޭގެ އެހެން ރަށްތަށް އީ- އެޓޯލްއަށް އިތުރު ކުރަމުންދާ ކަމަަށެވެ. ރަށްރަށުގައި މިހާރު މައިގަނޑު ގޮތެއްގައި ހިމަނާލައިފާ ވާނީ ސްކޫލް، ފާކް އަދި އޮފީސްތަކާއި ބައެއް ގެތަށް ކަމަށެވެ. ނަމަވެސް ނުހިމެނިފައިވާ ގިނަ ގެތަށް މިހާރު ހިމަނަމުންދާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މިހާރު 12 ރަށަކާއި ގާތްގަޑަކަށް 6000 އެއްހާ އެޑްރެސް މި އެޕްގައި ހިމެނޭނެ ކަމަށާއި މި އެޕް ފަހުގެ އަޕްޑޭޓް އަށްފަހު ބޭނުންކުރާ ފަރާތްތަކަށް ނުހިމެނިފައިވާ އެޑްރެސްތައް އެޑްކޮށް، އެތަނުގެ ފޮޓޯ ހިމަނާލެވޭނެ ކަމަށް އީއެޓޯލް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355