twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި އިތުރު ސްކޭން ޑޮކްޓަރެއް ހޮސްޕިޓަލުގައި ބަލިމީހުން ބަލަނީ

Sep 14, 2017

އިންޑިޔާގެ މަޝްހޫރު އަންހެނުން ހާއްސަ ޑޮކްޓަރު ކިޓީ މަމްމެން އާއި ސްކޭން ހާއްސަ ޑޮކްޓަރު ޑރ އަބިތް އާޝޯކް ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ އެންއައިއައި އިން ބުނީ މި ދެ ޑޮކްޓަރުން މިއަދުން ފެށިގެން ބަލިމީހުން ބަލަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު 4 ން މިރޭ 10 އަށް އަދި މާދަމާ މެންދުރުފަހު 2 ން ރޭގަނޑު 8 އަށް ބަލި މީހުން ބަލާނެކަމަށް އެންއައިއައިން މައުލޫމާތުދެ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ހެނދުނު 8 ން ހަވީރު 4 އަށް ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައި އެވެ.

ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ގުޅައިގެންވެސް އެޕޮއިންޓްމެންޓް ލިބޭނެކަމަށެވެ.

މިހާރުވެސް ދެ ގައިނޮކޮލޮޖިސްޓަކާއި ރޭޑިއޮލޮޖިސްޓެއް ދަނީ އެހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންނެވެ.

އެހެންކަމުން މިއީ ފަހުގެ ތާރީހެއްގައި އަންހެނުންގެ ހާއްސަ ބަލިތަކުގެ ތިން ޑޮކްޓަރުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ. އަދި ދެ ރޭޑިއޮލޮޖިސްޓުންގެވެސް ހިދުމަތް ލިބޭ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ މިހާރު ހިންގަމުންދަނީ އިންޑިޔާގެ ނޫރުއިސްލާމް އެޑިއުކޭޝަން ޓްރަސްޓާއެކު  އުއްފަދާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ  ޖޮއިންޓް ވެންޗާ ކުންފުންޏެއްކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) އިންނެވެ.

ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓަކީ ދިވެހިން އާންމުކޮށް އިންޑިޔާއިން ފަރުވާ ހޯދަމުންދާ ނިމްސް ހޮސްޕިޓާވެސް ހިންގާ ފަރާތެވެ.

އެންއައިއައި އިން ހޮސްޕިޓަލާ ހަވާލުވި ފަހުން ހޮސްޕިޓަލުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355