twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި މެހި ގިނަވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ

Sep 15, 2017

ކުޅުދުއްފުށީގައި މެހި ގިނަވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. މެހި ގިނަވާކަން ފާހަގަކުރެވެނީ ވިއްސާރަ ދުވަސްވަރާ ދިމާކޮށެވެ. މެހި ގިނަ ވަނީ ކުނިކޮށީގައި ކުނި ނައްތާލެވޭނެ ނިޒާމެއް ނެތި ހާމަށް ކުނިތައް އުކާލެވިފައި ހުންނާތީ އެެވެ.

ކޮންމެ ވިއްސާރަ ދުވަސް ވަރަކާ ދިމާކޮށް މެހި އާލާވެ މުޅި ރަށުތެރޭގައި އާދަޔާ ހިލާފަށް މެހި ގިނަވެ އެވެ. މިކަން ވަކިން ހާއްސަކޮށް ކުނިކޮށި ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެވެ.

ކައުންސިލުންގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ މެހި ގިނަވެ ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށްވެސް ހުށަހަޅާކަމަށެވެ. ކުނިކޮށި ފެނަކައިން ބަލަހައްޓަމުންދާއިރު އެތަން ބެލެހެއްޓުމަށް ސީދާ ވަކި ބަޖެޓެއް ދީފައިނުވާކަމަށް ލަތީފް ވިދާޅުވި އެވެ.

ނަމަވެސް އެކަމަށް ވަގުތީ ހައްލެއް ހޯދުމަށް ކައުންސިލުން ފެނަކައާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ކުނިވާޒާތުގެ ކުނިތައް ވަޅުގަނޑަކަށް އަޅައި އެވަޅުގަނޑު ދުވަހުން ދުވަހަށް ފޮނުވާލެނޭ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެފަދަ ކަންތައްތައް ހައްލުވާނީ ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބިގެން ކަމަށެވެ.

” ފެނަކައިންވެސް މަސައްކަތް އެބަކުރޭ، ކުނިވާޒާތުގެ ކުނިއަޅަން ވަޅުގަނޑެއް ކޮނެ، ދުވަހުން ދުވަހަށް އެވަޅުގަނޑު ފޮރުވާލަން އެކަމަކު އެކަން ކާމިޔާބުވަނީ ކުނި އުކާލަންދާ ފަރާތްތަކުން އެތަނަށް ކުނިއަޅައިގެން ” ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޕަރޭޓިކް ސޮސައިޓީ އުފެދިފައިވާއިރު ކުނި މެނޭޖްކުރުމުގެ ވިސްނުން އެފަރާތުން ގެންގުޅޭ ކަމަށާއި އޭރުން ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖްކުރެވިގެންދާނެ ކަމަށެވެ. ކުރީގެ ކައުންސިލުންވެސް ކުނި މެނޭޖްކުރުމަށް ރޭވުންތަކެއް ރާވާ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަމުން ލަތީފް ވިދާޅުވީ އެމަސައްކަތަށްވެސް އަމަލީ ސިފައެއް އައުން ލަސްވެގެންދަނީ ކައުންސިލުގެ މާލީހާލަތު ތަންނުދޭތީ ކަމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެދި ރަނގަޅަށް ހިނގައިގަތުމުން ކުނި މެނޭޖްކުރުމަށް އިންވެސްޓުކުރާނެކަމަށް ބެލެވޭކަމަށް އޭނާ ލަފާކުރައްވަ އެވެ.

ކުޅުދުއްފުށީގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ކުނި އުކާލަމުންދާއިރު ކުނި ނައްތާލެވޭނެ އެއްވެސް ނިޒާމެއްނެތެވެ.

މެހި ގިނަވެގެން ރައްޔިތުންގެ ޝަކުވާ ގިނަވެފައިވާއިރު ބޭރަށް ހިންގުމާ ހޮޑުލުމުގެ ރޯގާއެއް މިހާރު ކުޅުދުއްފުށީގައި ދަނީ ފެތުރެމުންނެވެ. އަދި ރޯގާއާ މެދު ސަމާލުވުމަށް ހދ އެޓޯލް ހެލްތް ސާވިސް ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355