twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރޯހައުސްތައް ބަހާލުމުގައި އިންސާފެއް ނެތް، ދީފައިވަނީ ޕީޕީއެމް ފަރާތްތަކަށް: ދިއްދޫ ކައުންސިލް

Sep 16, 2017

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހއ ދިއްދޫގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އިންޕްރާސްޓަކްޓާއިން ބަހާލީ ކުޑަކޮށްވެސް އިންސާފުވެރިކޮށް ނޫން ކަމަށާއި ރޯހައުސްތައް ބަލާލިގޮތުން ބޮޑު ފިތުނައަކަށްވެފައިވާ ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހައުންސިންގ މިނިސްޓްރީ އިއުލާންކުރީ މިދިޔަ ބުރާސްފަތިދުވަހު އެވެ. ލިސްޓްތައް އާންމުކޮށްފައިވަނީ ރޯހައުސް ލިބުނު ފަރާތްތަކުގެ ނަންތަކުގެ ބަދަލުގައި ނަންބަރު ޖެހުމަށްފަހު އެވެ.

އަލީ ހާޝިމް ވިދާޅުވީ ރޯހައުސްތަކުގެ ލިސްޓް ޕޮއިންޓް ލިބުނު ގޮތާއި ނަންތަކާއެކު ޝަކުވާ ހުށަހެޅުމަށް ކައުންސިލުން ހުޅުވާލާފައިވަނިކޮށް، އެ ލިސްޓްތައް ނެގުމަށް ހައުންސިންގ މިނިސްޓްރީން އެންގިކަމަށެވެ. އަދި އެ އެންގުމާއެކު ކައުންސިލުންވާނީ އެގޮތަށް އަމަލުކޮށްފައިކަމަށް އޭނާ ވިދާޅުވި އެވެ. ކުއްލިއަށް ރޯހައުސްތައް ލިބުނު ފަރާތްތަކުގެ ލިސްޓެއް ހައުންސިންގ މިނިސްޓްރީން އާއްމުކުރިއިރު އެކަމުގައި އަޑި ނޭނގޭ ގިނަ ކަންތައްތަކެއް އެކުލެވޭކަމަށް ހާޝިމް ވިދާޅުވި އެވެ. އަދި  މިނިސްޓްރީން އާއްމުކުރި ލިސްޓްގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން އޭނާވަނީ ފާހަގަކޮށްފަ އެވެ. އަދި ރޯހައުސްތައް ދީފައިވަނީ އެއްވެސް ހަމައެއް ނެތް ގޮތުގައި ކަމަށެވެ.

އެގޮތުން 20 ފޮއިންޓް ލިބިފައިވާ ފަރާތްތަކަށްވެސް ރޯހައުސް ލިބިފައިވާއިރު އަދި އެކަކަށް ދެ ރޯހައުސްވެސް ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރަށުން ރޯހައުސް ލިބިފައިވާ 90 އިންސަތަ މީހުންނަކީ ޕީޕީއެމްއަށް ނިސްބަތްވާ މީހުންކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ރޯހައުސްގެ މުޅި ޕްރޮސެސް މިނިސްޓްރީ ހިންގާފައިވާ ކައުންސިލްގެ އެއްވެސް ދައުރެއް ނެތި އެވެ. މިހާރު އިއުލާންކޮށްފައިވާ ލިސްޓް ބާތިލްކޮށް އިންސާފާ ހަމަހަމަކޮށް މިކަން ކުރިއަށްގެންދިއުމަށް ބާރުއެޅުމަށް ރައްޔިތުން އިހްތިޖާޖުކުރުމަށް ނިކުތުމަށްވެސް އަލީ ހާޝިމް ވަނީ ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355