twitterviber whatsapp telegramfacebookyoutube instagram
15th August 2026

ރޮހިންޔާ ފަންޑަށް މަކުނުދޫއިން 19 ހާހަަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

Sep 16, 2017

މަކުނުދޫއިން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 19 ހާހަަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

މި ފޮއްޓަކީ ޕީޕީއެމް މާމަކުނުދޫ ގޮފިން އިސްނަގައިގެން ބަހައްޓާފައިވާ ފަންޑު ފޮއްޓެކެެވެ. އެގޮތުން މި ފޮށިން ޖުމްލަ 19،635 ދިވެހި ރުފިޔާ. 4 ޔޫއެސް ޑޮލާރ، 5 ޔޫރޯ އަދި 10 ދިރުހަމް ލިބިފައި ވެއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އާދަމް ޝަރީފް ވިދާޅުވީ މި ފޮށި ރަށުގެއެކި ސަރަހައްދުގައި ބެހެއްޓިފައިވާނެ ކަމަށާއި މިއީ ޕީޕީއެމް މާމަކުނުދޫ ގޮފިން އިންތިޒާމް ކޮށްގެން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮއްޓެއް ކަމަށެވެ.

މަކުނުދޫއިން ރޮހިންޔާ ފަންޑަށް ހޯދާފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ރެޑްކުރެސެންޓް މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355