twitterviber whatsapp telegramfacebookyoutube instagram
24th April 2024

މައިލޯ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ސްކޫލަކަށް ހދ އޭއީސީ

Sep 16, 2017

20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ހދ.އަތޮޅު ތައުލީމީ މަރުކަޒުން ރަންވަނަ ތަކެއް ހޯދައިފި އެވެ.

މުޅި މުބާރާތުން 11 އަހަރުން ދަށާއި 13 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން ހދ އޭއީސީ ހޯދިއިރު 13 އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ރިފާ މުހައްމަދެވެ. އަދި 11 އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ އެސްކޫލުގެ އައިޝަތު އާޔާ އަލީ އެވެ.

މިމުބާރާތުގައި ހދ އޭއީސީން ވަނީ 28 ގޯލްޑް މެޑަލް އަދި 4 ސިލްވަރ މެޑަލް ހޯދާފަ އެވެ.

13 އަހަރުން ދަށުގެ އަންހެން އެޓުލީޓުންނަށް ލިބިފައިވާ ކާމިޔާބީތައް:

– 100 މީޓަރ ދުވުމުން ގޯލްޑް މެޑަލް، ރިފާ މުހައްމަދު.

– 200 މީޓަރ ދުވުމުން ގޯލްޑް މެޑަލް، ރިފާ މުހައްމަދު.

– 80 މީޓަރ ދުވުމުން ގޯލްޑް މެޑަލް، ރިފާ މުހައްމަދު.

– 600 މީޓަރ ދުވުމުން ގޯލްޑް މެޑަލް، ޝައިހާ ރަޝީދު.

– ލޯންގް ޗަންޕް ސިލްވާ މެޑަލް، ޝައިހާ ރަޝީދު.

– ހާރޑް ބޯލް ތުރޯ ގޯލްޑް މެޑަލް، އައިޝަތު ނަޖްދާ އަލީ.

– 8*80 މީޓަރ ރިލޭ ގޯލްޑް މެޑަލް، ޝައިހާ ރަޝީދު، ރިފާ މުހައްމަދު، އައިޝަތު އައިނީ އާމިރު، މަރިޔަމް އީނާސް އާދަމް، ފާތުމަތު ހޫނާ، އައިޝަތު ނަޖްދާ އަލީ، ސަމްހާ މުހައްމަދު އަދި އައިމިނަތު އިމްނާ އަބޫބަކުރު.

11 އަހަރުން ދަށުގެ އަންހެން އެޓުލީޓުންނަށް ލިބިފައިވާ ކާމިޔާބީތައް:

– 50 މީޓަރ ދުވުމުން ގޯލްޑް މެޑަލް، އައިޝަތު އާޔާ އަލީ.

– 50 މީޓަރ ދުވުމުން ސިލްވާ މެޑަލް، އިމްނާ ހަސަން ރަޝީދު.

– 80 މީޓަރ ދުވުމުން ސިލްވާ މެޑަލް، އިމްނާ ހަސަން ރަޝީދު.

– 80 މީޓަރ ދުވުމުން ގޯލްޑް މެޑަލް، އައިޝަތު އާޔާ އަލީ.

– ލޯންގް ޗަންޕް ސިލްވާ މެޑަލް، އިމްނާ ހަސަން ރަޝީދު.

– 8*80 މީޓަރ ރިލޭއިން ގޯލްޑް މެޑަލް، އިމްނާ ހަސަން ރަޝީދު، އައިޝަތު އާޔާ، މަލްސާ އާދަމް، ސަދާ އާދަމް، އައިމިނަތު އިމްނާ، އަހުނާ ނިޒާރު، ސައުސަން ބަޝީރު އަދި ފާތިމަތު ސާނީ.

މިމުބާރާތުގައި އެސްކޫލުގެ 13 އަހަރުން ދަށުގެ އަންހެން އެޓުލީޓުން ވަނީ ލޯންގް ޖަންޕް ފިޔަވާ އެހެން ހުރިހާ އިވެންޓް އަކުން ގޯލްޑް މެޑަލް ހޯދަައިފަ އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ވެސް ވަނީ ގިނަ ވަނަތަކެއް ގެނެސްފައި އެވެ.

އެގޮތުން 11 އަހަރުން ދަށުގެ 180 މީޓަރު ފިރިހެން ކުދިންގެ ދުވުމުން ބުރޯންޒް މެޑަލް ހޯދާފައިވާއިރު 15 އަހަރުން ދަށުގެ 100 މީޓަރު ފިރިހެން ކުދިންގެ ދުވުމުން ސިލްވާ މެޑަލް ހޯދާފައިވެ އެވެ. . އަދި 15 އަހަރުން ދަށުގެ 3000 މީޓަރު ފިރިހެން ކުދިންގެ ދުވުމުން ގޯލްޑް މެޑަލް ހޯދާފައިވާ އިރު 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑިސްކް ތުރޯވިންގް އިން ވެސް  ގޯލްޑް މެޑަލް ހޯދާފައިވެ އެވެ.

އޭގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ރިލޭ އިންވެސް 2 ވަނަ އެސްކޫލްގެ މަގާމް ހޯދާފައިވެ އެވެ.

އެއީސީގެ ޕުރިންސިޕަލް ޝަހީދާ އަލީ ވިދާޅުވި ގޮތުގައި 30 ކުދިންގެ ޓީމް މާލެ ގެންދިޔުމަށްޓަކައި އެކުދިންގެ ބެލެނިވެރިންނާއި ވަރަށް ގިނަ ހެޔޮ އެދޭ ފަރާތްތަކުން އެހީ ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ބާދުޝާހް ބޯޓު، ޒެޑްއެޗް އެލްމިނިޔަމް، ފުއްކަށި، ފިޒާޓާ، ކާނިވަލް ގެސްޓް ހައުސްގެ އިތުރުން ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގެ ޕާލިމެންޓް މެންބަރުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

20ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 34 ސްކޫލަކުން 10 ކެޓަގަރީ 143 ޓީމަކުން ވާދަކުރި އެވެ. އަދި މުބާރާތުގައި ޖުމްލަ 1036 އެތުލީޓުން ވާދަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355