“ކޯސްޓަލް ކްލީން އަޕް ޑޭ” ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ބިލީފްއިން އިސްނަގައިގެން ޕާރލޭ ފޯރ އޯޝަންއާއި ގުޅިގެން ވެލިގަނޑު ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ދިރާގުން ސްޕޮންސަރ ކޮށްގެން މިއަދު ހަވީރު 4:00 ގައި ވެލިގަނޑުގައި މިފެށި ހަރަކާތުގައި ކުޅުދުއްފުށީ މުވައްސަސާތަކައި ސްކޫލްތަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ދިރާގު، އެމްއެންޑީއެފް، ޕަބްލިކް ހެލްތު، މީރާ، ކައުންސިލުގެ އިތުރުން ޕޯޓު މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ޖަލާލުއްދީން، އަފީފުއްދީން އަދި އޭއީސީގެ ޔުނިފޯމް ބޮޑީސް ގެ ދަރިވަރުން ވަނީ މި ހަރަކާތުގައި ވަނީ ބައިވެރިވެފަ އެވެ.
ބިލީފުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މި ހަރަކާތުގައި ހޮވާ ކުނީގެ ތެރެއިން ޕްލާސްޓިކް ފުޅި ރީސައިކަލް ކުުރުމަށް ޕާރލޭ ފޯ އޯޝަން އަށް ދިނުމަށް ވަނީ ހަމަޖެހިފަކަމަށާއި އެގޮތުން ހަރަކާތް ނިމުނުން ޕްލާސްޓިކް ފުޅިތައް އެފަރާތާ ހަވާލުކުރެވިގެން ދާނެ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޕާރލޭ ފޯ އޯޝަންއައި ކުޅުދުއްފުށީ ކައުންސިލުން ދީފައިވާ އެހީތެރިކަމަށް ބިލީފުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.