އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކުރުމަށް އިއްޔެ ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފުކުރުމުގެ ހަރަކާތެއް ގެންގޮސްފައި އެވެ. ބައެއް ރަށްރަށުގައި ސަރުކާރުގެ މުވައްސަސާތަކާ ސްކޫލްތަކުން މުވައްޒަފުން ނިކުމެ ސާފުކޮށްފައިވާއިރު އަނެއް ބައި ރަށްރަށުން ހުރިހާ ރައްޔިތުން ނިކުމެ ސާފުކޮށްފައިވެ އެވެ.
އެގޮތުން މިހަރަކާތުގައި ބައިވެރިވެ ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ށ ގޮއިދޫގެ މުޅި ގޮނޑުދޮށް އެކޮށްހެން ވަނީ ސާފުކޮށްލާފަ އެވެ.
މިކަމުގައި ރަށުގެ ކުދި ބޮޑު އެންމެހެން ވަނީ ބައިވެރިވެ ގޮނޑުދޮށް ސާފުކުރުމުގައި އަވަދިނެތި މަސައްކަތް ނިކަން ފޯރީގައި ކޮށްފައި އެވެ.
ގޮއިދޫގެ ގޮންޑުދޮށް ސާފުކުރުމުގައި ރައްޔިތުން ހަރަކާތްތެރި ވަނީ–ފޮޓޯ: ޝިޔާޒް
ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ކޭއޯއަށް މިއަދު ވިދާޅުވީ ކޯސްޓަލް ކްލީއަޕް ޑޭ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެ، މުޅި ގޮނޑުދޮށް އެއްކޮށް ސާފުކޮށްލާފައިވާ ކަމަށެވެ.
ގޮއިދޫގެ ގޮނޑުދޮށުންވެސް އެންމެ ގިނައިން ނަގާފައިވަނީ ޕްލާޓިކް ކުނީގެ ބާވަތެވެ.
މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން އޭނާ ފާހަގަކޮށްފައިވެ އެވެ. އަދި ސްކޫލާއި ރަށުގެ ހުރި މުވައްސަސާތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރި އެވެ.