ކުމުންދޫ ސްކޫލުގެ 2016 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު އެރަށު ނަލަހަނދުވަރުގެ، ހަނީފާ އަބްދުﷲ ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުމުންދޫ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނައަށް ދިޔަ ދަރިވަރަށް އިނާމް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރ އިބްރާހީމް މުހައްމަދު އެވެ.
ޝަރަފުވެރި މެހެމާން ވަނީ އިނާމު ލިބުން ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ދަރިވަރުންނަށް ވަނީ ގިނަ ގުނަ ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން މުހާތަބު ކުރުމުގައި ރިވެތި ގޮތްތައް ބޭނުންކުރުމާއި ދުވަސްވީ މީހުންނަށް ކަމޭހިތުމަށް ނަސޭހަތެރިވެފައިވެއެވެ.
ކުމުންދޫ ސްކޫލުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން–
މިރަސްމިއްޔާތުގައި ކުމުންދޫގެ ސްކޫލުގެ ވެރިންނާއި ރަށުގައި ހުރި މުވައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ވަނީ އެ ޖަލްސާގައި ބައިވެރިވެފަ އެވެ.