ލެއަށް ކެންސަރު ޖެހި އިންޑިޔާގައި ފަރުވާ ހޯދަމުންދާ ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދު (18އ) އެހީތެރިވުމުގެ ގޮތުން ބާއްވާ “ޗެރިޓީ ރަން” ގައި ބައިވެރިވުމަށް ބޭނުންވާ ބިބް ވިއްކަން ފަށައިފި އެވެ.
މިދުވުމުގައި ބައިވެރިވެވޭނީ ބިބް ގަނެގެން ކަމަށްވާއިރު ކުޅުދުއްފުށިން ބިބް ލިބެން ހުންނާނީ މޯވާ ފިހާރައިންނާއި ޔޫޔޫ ފިހާރައިން އެވެ. ބިބް އެއްގެ އަގަކީ 200ރ އެވެ.
އަދި ހުޅުމާލޭގައި ވެސް ދުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލެއިން ބިބް ގަންނަށް ލިބެންހުންނާނީ އޯޝަން ސްޕްލެޝް ކަމަށް އެފަރާތުން މައުލޫމާތުދެ އެެވެ.
މިމަހު 21 ވަނަ ދުވަހު ހަވީރު 4:00 ކުޅުދުއްފުށީގެ އަމީނީމަގުގައި ކުރިއަށް ގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ސްޓޭޑިއަމް ކައިރިން ކަމަށް އިންތިޒާމް ކުރާ މޭޑް ރަނާސްގެ ފަރާތުން ބުންޏެވެ.
އޭގެ އިތުރުން މޭޑް ރަނާސްގެ ފަރާތުން ބުނިގޮތުގައި އޮފީސްތަކަށް ގޮސްގެންވެސް ބިބްސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި މިދުވުން ކުރިއަށްދާ ވަގުތުގައި ފަންޑް ފޮށިތައް އެސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ނައުމާއަށް ކަމަށާއި މިހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެފަރާތުން ވަރަށް ބޮޑު އެދުމެކެވެ.