twitterviber whatsapp telegramfacebookyoutube instagram
13th September 2026

ހދ އަތޮޅުގައި ވޮލީބޯޅަ މުބާރާތެއް ބާއްވަނީ، ހޯސްޓްކުރުމަށް ވަނީ ހުޅުވާލާފަ

Sep 18, 2017

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަންނަ ނޮވެމްބަރުމަހު ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މިމުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށެއް ހޯދުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ހޯސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 25 ވަނަދުވަހުގެ ހެނދުނު ދިހައެއްގެ ކުރިން އެއިދާރާއަށް ޕްރޮޕޯޝަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އެކައުންސިލުން ބުނީ މިމުބާރާތް އިންތިޒާމްކުރުމަށް އެދި ހުށަހަޅާނެ ފޯމް އެއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ.

ފިރިހެން އަދި އަންހެން ޑިވިޒަނަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރެވިފައިވާ ހދ އަތޮޅުގެ ކުލަބު ޖަމްއިއްޔާ އަދި އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. ކޮންމެ ރަށްށަކުންވެސް އެއް ޓީމަށް ވުރެ ގިނަ ޓީމް މިމުބާރާތްގައި ބައިވެރިވެވިދާނެކަމަށް އެކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.

މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ ނަންބަރު 7999319 އާ ގުޅުއްވުމުން ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

ހދ އަތޮޅު ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން އަންނަމަހު ފުޓްބޯޅަ މުބާރާތެއްވެސް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293