twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

Sep 18, 2017

ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ދޭން  އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ. ކުޅުދުއްފުށީގެ އިތުރުން މާލެ އާއި ލ އަތޮޅު ބަހުގައިވެސް ބަހުގެ ހިދުމަތް ފަށަން މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަހުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަހުގެ ކިދުމަތް ފަށާއިރު، ކުޅުދުއްފުށީގައި ވެސް އެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ވަރަށް އަވަހަށް ބަހުގެ ހިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ޖޫންމަހުވެސް ވަނީ ކުޅުދުއްފުއްޓާއި މާލެ އާއި ގދ. ތިނަދޫ އާއި ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ކުޅުދުއްފުށީގައި ސްކޫލު ބަހުގެ ހިދުމަތް ދޭން ފަށަނީ

އަދި އޭރު މި ތިން ސަރަހައްދުގައި ވެސް 3 މަސް ދުވަހުގެ ތެރޭގައި ސްކޫލް ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355