twitterviber whatsapp telegramfacebookyoutube instagram
18th April 2026

ދިއްދޫގައި ނަޝީދުގެ ސަރުކާރުން އަޅަން ފެށި ރޯހައުސްއެއް ނުހުންނާނެ

Sep 19, 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހއ ދިއްދޫގައި އަޅަން ފެށި އެއްވެސް ހައުންސިންގ ޔުނިޓެއް ނުހުންނާނެކަމަށް ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ލިޔުންވާފައިވަނީ ދިއްދޫގައި ރައީސް ނަޝީދުގެ ސަރުކާރުން އަޅަން ފެށި އެއްވެސް ހައުންސިންގ ޔުނިޓެއް ނުހުންނާނެ ކަމަށާއި އެރަށުގައި އިމާރާތްކޮށްފައިވާ ހައުންސިންގ ޔުނިޓްތަކުގެ ބިންގާ އަޅާފައިވަނީ އަމިއްލަ އަތުން ކަމަށް މިނިސްޓަރު ލިޔުންވާފައިވެ އެވެ.

HA.Dhidhoo gai Raees Nasheed sarukaaruga alhan fetti evves housing unit eh nuhunnane. Alhugandu ge athun hurihaa unit egge bingaa elhee.

— Dr.Mohamed Muizzu (@MMuizzu) September 18, 2017

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ދިއްދޫގެ ރޯހައުސްތައް ދޫކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކޮށް އެރަށު ކައުންސިލުންވަނީ އޭސީސީއަށް މައްސަލަ ހުށަހަޅާފަ އެވެ.

ގެދޮރުވެރިކަމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިނިސްޓަރު މުއިއްޒު ވަނީ ދިއްދޫ ކައުންސިލުން އެއްބާރުލުމެއް ނުލިބޭކަމަށާއި ކުރަނީ ޖެއްސުންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދިއްދޫ ކައުންސިލުން އެކަން ދޮގުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355