twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ އޭއީސީގެ ސްކައުޓް އަދި ކަބްސްކައުޓް ކޭމްޕް ހިރިމަރަދޫގަ

Sep 21, 2017

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްކައުޓް، ކަބްސްކައުޓް ކޭމްޕް  ހިރިމަރަދޫގައި ފަށައިފި  އެވެ.

ކޭމްޕްގެ ރަސްމީ ހަރަކާތަށް ފައްޓަވައިދެއްވީ ހިރިމަރަދޫ ސްކޫލްގެ ޕްރިންސިޕަލް އިގްބާލެވެ.

އޭއީސީގެ ދަރިވަރުން ހިރިމަރަދޫގައި– ފޮޓޯ: އޭއިސީ

 

3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ސްކައުޓާއި ކަބްސްކައުޓުން ޖުމްލަ 62 ދަރިވަރުންނާއި އެކު 22 އޮފިޝަލުން ކޭމްޕުގައި ބައިވެރިވާކަމަށް އޭއީސީގެ ޕްރިންސިޕަލް ޝަހީދާ ވިދާޅުވި އެވެ.

އޭއީސީގެ ދަރިވަރުން ހިރިމަރަދޫގައި– ފޮޓޯ: އޭއިސީ

މި ކޭމްޕް ނިންމުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355