twitterviber whatsapp telegramfacebookyoutube instagram
15th August 2026

މުށިމަސް އައިނަށް ގެއްލުންނުވާނޭގޮތަށް މަސްވެރިކަން ކުރުމަށް އަންގައިފި

Sep 19, 2017

ހދ ނެއްލައިދޫ ފަޅުތެރެއަށް ވަދެފައިވާ މުށިމަސް އައިނަށް ގެއްލުން ނުވާނޭ ގޮތަށް މަސްވެރިކަން ކުރުމަށް އެރަށު ކައުންސިލުން އެދެފި އެވެ.

ނެއްލައިދޫ ފަޅުތެރެގައި ގިނަ އަދަދަކަށް މުށިމަސް ވަދެ، ތިޔާގިވެފައި އެވެ. ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން މުށިމަސް އައިނަށް ގެއްލުންވާތީ އެކަން އެގޮތަށް ނުކުރުމަށް އެދި ކައުންސިލުން ވަނީ އިއުލާނެއް ނެރެފައި އެވެ. އަދި ރަށުތެރޭގައި އަޑުގަދަކުރާއިންވެސް ވަނީ ގޮވާފަ އެވެ.

ކައުންސިލު ނެރުނު އިއުލާނުގައި ބުނެފައިވަނީ ޒަމާނުންސުރެ މުށިމަސްގަނޑާމެދު ކާބަފައިންވެސް އަމަލުކުރި ފަދައިން މަސް ވިއްދުމާއި ޓިނުފޮތި އުކުމާއި މައިމަސް ބޭނުން ފަދަ މުށިމަސް ގަނޑަށް ގެއްލުން ލިބޭފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެެވެ.

” މުށިމަސް ގަނޑަށް ގެއްލުން ލިބިދޭނެ ކަންކަމުން ދުރުވެ ރިވެތި އުސޫލުތަށް ބޭނުންކޮށްގެން މަސްބޭނުމަށް މިކައުންސިލުން އަންގައި ނަސޭހަތްތެރިވަން ” ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމް ސޮއިކުރައްވާ ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

މިއުސޫލުތަކާ ހިލާފަށް މަސް ވިއްދުން ފަދަ މަސްގަނޑަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާކަމެއް ކަމަން އަންގާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355