twitterviber whatsapp telegramfacebookyoutube instagram
15th August 2026

ރޮހިންޔާ މުސްލިމުންނަށް ފަންޑު ހޯދުމަށް އެސްޓީއޯ ގްރޫޕުން އެހީތެރިވަނީ

Sep 19, 2017

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތައް ގުޅިގެން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑްރައިޒިން ޕްރޮގްރާމެއް ފަށައިފި އެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑީރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވިގޮތުގައި އެސްޓީއޯ ގްރޫޕުން ހުޅުވާލި ފަންޑު ފޮށްޓަށް މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އެ ގްރޫޕުގެ އިސްވެރީންގެ ކަމުގައިވާ އެލައިޑް އިންޝުއަރަންސް، ފިއުލްސަޕްލައި މޯލްޑިވްސް، މޯލްޑިވްގޭސް އަދި މިފްކޯ ބައިވެރިވެފައި ވެއެވެ.

މެނޭޖިންގް ޑީރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯ އިން މި ޕްރޮގްރާމަކީ ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތުގައި އެސްޓީއޯ އާއި އެސްޓީއޯ ގްރޫޕުން ބައިވެރިވުމަށް ފެށި މަސައްކަތެއް ކަމަށެވެ.

އެގޮތުން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް އެސްޓީއޯ ގްރޫޕްގެ ހުރިހާ ކުންފުނިތަކުންނާއި އެ ކުންފުނިތަކުގެ މުވައްޒަފުން ވެސް މިކަމަށް އެދިފައިވާ ކަމަށެވެ.

އަދި އެސްޓީއޯ އިން މިއަދު ހުޅިވި ފަންޑްރައިޒިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ކަސްޓަމަރުންނަށާއި ސަޕްލަޔަރުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355