twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަސްޓް ލޭޑީ ދިއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފި

Sep 21, 2017

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހއ ދިއްދޫއަށް އިއްޔެ ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ހަވީރު އެރަށަށް އެކަމަނާ ވަޑައިގެންނެވިއިރު ސަރުކާރުގެ މުއައްސާތަކުގެ ވެރިންނާ ރައްޔިތުންވަނީ ބަނދަރު ސަރައްހަދުން މަރުހަބާ ދަންނަވާފަ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްދީދީ ވިދާޅުވިގޮތުގައި އެކަމަނާ އިއްޔެ ވަނީ  ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ޝަކުވާތަށް އަޑުއައްސަވާފަ ކަމަށެވެ. އެގޮތުން ސަރުކާރު ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

އެގޮތުން ސަރުކާރު މުއައްސަސާ ތަކުގެ ތެރޭގައި ހއ. އަތޮޅު ހޮސްޕިޓަލް، ހއ. އަތޮޅު ތައުލީމީ މަރުކަޒު، ފެނަކަ ކޯޕަރޭޝަން، ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލުގެ ވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައި ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު 4 ކަމެއް ހައްލުކޮށްދެއްވުންމަށް އެކަމަނާއަށް ދަންނަވާފައިވާނޭ ކަމަށެވެ.

އެއީ ޔޫތް މިނިސްޓްރީގެ އެގްރީމެންޓް ވަނީ ކައުންސިލާއި ހަވާލު ކުރެވިފައި ނަމަވެސް އެފަރާތްތަކުން އަބަދު އެގްރީމެންޓް ބަދަލު ކުރާތީ އެކަންތައް އެއް ގޮތަކަށް ހަމަޖައްސައި ދިނުމަށާއި ރަށުގެ ގިރާ ސަރަހައްދު ހެދުމަށް ހަމަޖެހިފައިވާ އެގްރީމެންޓްގެ އިތުރަށް 300 ފޫޓް ދަމާލައި، ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށެވެ.

އަދި ދިއްދޫ ފުލެޓްތަކުގެ މައްސަލާގައި އެއްބާރުލުން ނުދޭކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާތީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް މިނިސްޓަރު ހެއްދެއްވި އިތުރުފުޅެއް ކަމަށެވެ. އަދި މަގުތައް ނިމުމުން އެމްއާރްޑީސީގެ ދާއިމީ އޮފީހެއް ދިއްދޫގައި ގާއިމްކޮށްދިނުމަށް ވަނީ އެދިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355