އަފީފުއްދީން ސްކޫލްގެ ބަދަހި ކެޑޭޓް ކޭމްޕް ހަނިމާދޫގައި މިއަދު ފަށައިފި އެވެ.
ހަނިމާދޫގެ ކުރީގެ ސްކޫލުގައި މިއަދު ހެނދުނު 6:00 ފެށި މި ކޭޕުގައި ޖުމްލަ 68 ކެޑޭޓުން ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 8 އަންހެން ކެޑޭޓުން ހިމެނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭޕުގެ ތެރެއިން ދަރިވަރުންނަށް އެކި ޓްރެއިނިންތައް ކުރިއަށް ގެންދުމަށް ހަމަޖެހިފައިވާއިރު މި ކޭމްޕްކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތައް ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަފީފުއްދީން ސްކޫލުެ ބަދަހި ކެޑޭޓް ކޭމްޕް ފެށުމުގު ރަސްމިއްޔާތުގެ ތެރެއިން–
އެގޮތުން ބެލެނިވެރިންނަށާއި، ކުއަންޓަމް، ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް، ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މުހުސިން، ކުޅުދުއްފުށީ ކައުންސިލް، ލަސްޓަންޒަރ، މޯލްޑިވަސް ޕޮލިސް ސާވިސް، އެމްއާރުޑިސީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ބަދަހި ކެޓޭޑް ކޭޕްމު ނިންމުން އޮންނާނީ 23 ވާ ހޮނިހިރު ދުވަހުއެވެ.