twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަނިމާދޫ ސްކޫލްގެ މަތީ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް އަލީ ޚާލިދު

Sep 22, 2017

2016 ވަނަ އަހަރު ހަނިމާދޫ ސްކޫލުގެ މަތީ ސާނަވީ ހުރިހާ ގިތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ ޚާލިދު ހޮވިއްޖެ އެވެ. އޭނާ ވަނީ ގައުމީ ގަދަދިހައެއް ސާނަވީ ބައިން 2 ވަނާގައިވެސް ހިމެނިފަ އެވެ.

މިރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި 2016 ވަނަ އަހަރު އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އަލީ ޚާލިދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމައި ރަށުގެ އެކި މުވައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުން ހުށައާޅާފައިވާ އިނާމުތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަފީފުއްދީން ސްކޫލް ޕަރިންސިޕަލް ނާސިހާ އިދުރީސް އެވެ.

އަލީ ޚާލިދު ވަނީ މެތެމެޓިކްސް އަދި ދިވެހިން އޭ ސްޓާރ، އިސްލާމް، ކެމިސްޓްރީ އަދި ފިޒިކް އިން އޭ ހޯދާފަ އެވެ.

މިދިޔަ އަހަރުގެ ސާނަވީ ގޮތުން އެސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަގާމަށް ހޮވިފައި ވަނީ އަލީ އާރިފްއެވެ. އަލީ އާރިފްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމައި ރަށުގެ އެކި މުވައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުން ހުށައާޅާފައިވާ އިނާމުތައްވެސް ހަވާލުކޮށްދެއްވީ ނާސިހާ އިދުރީސް އެވެ.

ސާނަވީ ގޮތުން އެންމެ މޮޅު ދަރިވަރުގެ މަގާމަށް ހޮވުނު އަލީ އާރިފް–

މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ނަސިހާ ވިދާޅުވީ ދަރިން ތައުލީމީ ގޮތުން ކުރިއަށް ގެންދެވޭނީ އެކަމަށް އެކުދިން ތައްޔާރު ކުރެވިގެން ކަމަށާއި ހަމައެގޮތަށް ކިޔެވުން ދަސްކޮށްދޭ ފަދައިން ބެލެނިވެރިން އެކުދިންނަށް އިތުރުކަންތައްތައް ވެސް ދަސްކޮށްދޭން ޖެހޭކަމަށެވެ. މީގެ އިތުރުން ހަނިމާދޫ ސްކޫލަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްކޫލެއްކަން ފާހަގަކޮށް ދަރިވަރުން ހޯދި ކާމިޔާބީއަށް ނާސިހާ ވަނީ މަރުހަބާ ކިޔާފަ އެވެ.

މި ޖަލްސާގައި ކުލާސް ޕްރައިޒް، ކުލާސް ޕްރޮގްރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް، ޕީޓީއޭ އެވޯޑް އަދި ސާނަވީން އަދި މަތީ ސާނަވީ އެންމެ މޮޅުދަރިވަރުން ހޮވާ އެދަރިވަރުންނަށް ވަނީ އިނާމައި ހަނދާނި ލިއުން ހަވާލުކޮށްފަ އެވެ

އެސްކޫލުގައި މިދިޔަ އަހަރު ޖުމްލަ 457 ދަރިވަރުންވަނީ ތައުލީމު ހާސިލްކޮށްފަ އެވެ.

ހަނިމާދޫ ސްކޫލުގެ އިނާމު ދިނުމުގެ ރަަސްމިއްޔާތުގެ ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355