twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކެތިއަރާއިން ފަންޑު ހޯދުމުގެ ހަރަކާތެއް ފަށައިފި

Sep 22, 2017

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހދ ހަނިމާދޫގެ ކެތިއަރާ ޖަމްއިއްޔާއިން ފަންޑު ހޯދުމުގެ ހަރަކާތެއް ފަށައިފި އެވެ.

ފަންޑު ހޯދުމަށް ކެތިއަރާއިން މިއަދު ވަނީ ފަންޑް ފޮއްޓެއްގެ ބަހައްޓާފަ އެވެ. މިފަންޑުފޮށި ހުޅުވާދެއްވީ ކައުންސިލްގެ ރައީސް އަބުދުއްސަލާމެވެ.

ކެތިއަރާއިން ބުނީ މި ފަންޑުފޮށި މިއަދުން ފެށިގެން ރަށުގެ މުހިންމު އެކި ސަރަހައްދުތަކަށް ގެންގޮސް ފަންޑު ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކެތިއަރާ ފަންޑުފޮއްޓަށް ކުއްޖަކު އެހީވަނީ–ފޮޓޯ: ކެތިއަރާ

ފަންޑު ހޯދުމުގެ މިހަރަކާތް މިއަދު ކުރިއަށްގެންގޮސްފައިވަނީ ހަނިމާދޫ ބަނދަރު ސަރަހައްދުގަ އެވެ.

މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެ ގައުމުގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަށް ލިބެމުންދާ އެތައް ލައްކަ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށްޓަކާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދަނީ ފަންޑު ހޯދުމުގެ ހަރާކާތްތަކެއް ހިންގަމުންނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355