twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާޕާސަންއަކަށް އިގްބާލް އިންތިހާބުވެއްޖެ

Sep 23, 2017

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާޕާސަންއަކަށް އިގްބާލް ހަމީދު އިންތިހާބު ވެއްޖެ އެވެ.

މިރޭ ތިލަދެކުނު ސިނަމާގައި ބޭއްވި އެ ސޮސައިޓީގެ ފުރަތަމަ އާންމު ޖަލްސާގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާޕާސަން، ވައިސް ޗެއާޕާސަން، ސެކެއްޓަރީ އަދި ހަޒާންދާރުގެ އިތުރުން 11 މެންބަރުން ވަނީ ކަނޑައަޅާފައި އެވެ.

މި ބައްދަލުވުމުގައި ޗެއާޕާސަން، ވައިސްޗެއާ ޕާސަން އަދި ސެކެއްޓަރީގެ އިތުރުން ހަޒާންދާރު ކޮންމެ މަގާމަކަށްވެސް ނަން ހުށައަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާއިރުއި ބޭފުޅުން އެމަގާމުތަކަށް ހޮވިފައިވަނީ ޖަލްސާއަށް ހާޒިރުވި 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެސޮސައިޓީގެ ވައިސް ޗެއާޕާސަންއަކަށް ޔާޝިރު އަބްދުލްލަތީފް ހޮވިފައިވާއިރު ސެކެޓްރީއަށް ހޮވިފައިވަނީ މުހައްމަދު އަހުމަދެވެ. އަދި ހަޒާންދާރަކަށް ހޮވިފައިވަނީ އިބްރާހިމް ރަޝީދެވެ.

މީގެ އިތުރުން ކޯފަރޭޓިވް ސޮސައިޓީގެ މެންބަރުކަމަށް ނަން ހުށައެޅި 11 ބޭފުޅުންވެސް ވަނީ 36 ބޭފުޅުންގެ އަގުލަބިއްޔަތުން ހޮވިފައެވެ.

 ސޮސައިޓީގައި ހިމެނޭ 11 މެންބަރުން:

1. ސޮލާހް ހަސަން

2. މުހައްމަދު އާތިފް

3. މުހައްމަދު ދާއޫދު

4. އަސްލަމް އަބްދުލްރަހީމް

5. އަބޫބަކުރު އަލީ

6. ސިރާޖު މޫސާ

7.އަބްދު ﷲ އާދަމް

8. މުހައްމަދު ދާއޫދު

9. މުހައްމަދު އަބޫބަކުރު

10. އަހުމަދު އަލީ

11. މުހައްމަދު އަހުމަދު

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެސޮސައިޓީގެ ޗެއާޕާސަން އިގްބާލް ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ހަމަޖައްސާފައިވަނީ އައިސްޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތްކަމާއި އެގޮތުން ނޮވެމްބަރ މަހުގެ ނިޔަލަށް ފުރަތަމަ އައިސް ޕްލާންޓް ގާއިމް ކުރެވިގެން ދާނެކަމަށެވެ. އަދި ކުނި މެނޭޖުކުރުމާއި ޕޮޓުގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި އޮނޑިދޯނި ފަހަރު ބޭލުމަށް ފަސޭހަ ނިޒާމެއް ގާއިމް ކުރުމަށް ވެސް މަސައްކަތް ކުރާނެކަމަށް ވެސް އިގްބާލް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ކޯޕަރޭޓިވް ސޮސައިޓީއެއް ހިންގުމަށް ކައުންސިލުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ ސޮސައިޓީގައި 25 ޕަސެންޓް ކައުންސިލުން ހިއްސާވާއިރު 75 ޕަސެންޓު ހިއްސާ ވަނީ ރައްޔިތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355