twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ނާޔާ ނަސީރު – ހދ އަތޮޅު މަދަރުސާގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރު

Sep 23, 2017

ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގެ މިދިޔަ އަހަރުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އެރަށު ސަބުދެލިގެ، ނާޔާ ނަސީރު ހޯދައިފި އެވެ.

ހދ އަތޮޅު މަދަރުސާގެ ހޯލްގައި ރޭ ބޭއްވި އަހަރީ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ނާޔާ ނަސީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން، އަދި ކައުންސިލުންނާއި ރަށުގެ އެކި މުވައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ އިނާމުތައް އިނާމާ ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނާ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

މި ޖަލްސާ ކުލާސް ޕްރައިޒް، ކުލާސް ޕްރޮގްރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް، އޮނަލިސްޓެޑް އެވޯޑް، ސާނަވީ އެންމެ މޮޅު ދަރިވަރުނ ހޮވާ އެދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނި ލިޔުން ހަވާލުކޮށްފައި އެވެ.

ޑިސްޓިންގޝަން އެވޯޑް ދެ ދަރިވަރަކު ހާސިލުކޮށްފައިވެ އެވެ. އެއީ 2016 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ނާޔާ ނަސީރާއި އުލާ އަބުދުﷲ ޖަލީލެވެ.

ހދ އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ ބެސްޓް އޯލް ރައުންޑް ނާޔާ ނަސީރު–

މިރަސްމިއްޔާތުގައި ވައިކަދަރޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން އަދި ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355