twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސްކޫލް ކުދިން ސޯޝަލް މީޑިއާގައި އުޅޭތީ ހިތާމަކުރަން, އެކަމުން ނޭދެވޭ އަސަރުކުރޭ: ނާސިހާ

Sep 23, 2017

ޓެކްނޮލޮގީއަކީ މިއަދުގެ ދުނިޔޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށާއި އެކަމުން ފައިދާވާއިރު އެ ނުރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް  ކުރިމަތިލާން ޖެހޭކަމަށް އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވެއްޖެ އެވެ

ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގެ އަހަރީ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނާސިހާ ވިދާޅުވީ މިއަދު މަސައްކަތް ކުރަންޖެހޭނީ ނަތީޖާ ރަނގަޅުކުރުމަށް ކަމަށެވެ.

“މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނޮލޮޖީ. މިއަދު ދުނިޔޭގައި އޮތް އެންމެ ބޮޑު ނިއުމަތަކީވެސް ޓެކްނޮލޮޖީއޭ ބުނެވިދާނެ. އެ ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ފައިދާ އަދި ނުރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ދުނިޔޭގެ ގެއްލުމާއި ހަލާކާ ކުރިމަތިލާން އެބަ ޖެހޭ”

ޓެކްނޮލޮގީއަށް ވަދެފައިވާ މިންވަރުންނާއި ބެލެނިވެރިން ކުދިން ދެކެވާ ލޯބިން ފޯނާއި ޓެބްލެޓް ފަދަ ވަސީލަތަށް ދަރިންނަށް ހޯދައިދީ ބޭނުންވާ ހުރިހާ ކަމެއް އެކުދިންނަށް ކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތްނޫން ކަމަށް ނާސިހާ ވިދާޅުވި އެވެ. ދުނިޔޭގައި މިއަދު ކުރާ ދިރާސާތަކުން ދައްކާގޮތުގައި އިންސާނުންކުރާ މަސައްކަތުގެ ނަތީޖާ ހާސިލުވުމަށް އެޅޭ ހުރަހަކީ މަލްޓިޓާސްކް ކަމަށާއި މިކަމުގައި އޮތް އެންމެ ބޮޑު ވަސީލަތްތަކަކީ މޯބައިލް ފޯނު ފަދަ ވަސީލަތްތަކަމަށް ނާސިހާ ވިދާޅުވި އެވެ.

“ހިތާމަ ކުރަން ސުކޫލް ދަރިވަރުން ޝޯޝަލް މީޑިޔާގަ އުޅޭތި. އަޅުގަނޑު ހިތާމަ ކުރަމޭ މިކަން މިހެން ވާތީ އެކަމަކު މިއަދުގެ ދުނިޔެއިން ދަސްވަމުން މިދަނީ ޓެކްނޮލޮޖީއާއެކުގައި އުޅެން ދަސްކުރަންޖެހިފައި މިއޮތީ. އެހިސާބުން ރަނގަޅު ގޮތުގައި އެ ބޭނުންކުރަން އެބަ ޖެހޭ .” އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް

ބެލެނިވެރިންނަށް ނަސޭހަތެރިވަމުން ނަސިހާ ވިދާޅުވީ ކުޑައިރުން ފެށިގެން ދަރިންނަށް ނޫނެކޭ ބުނަން ދަސްކޮށްދޭން ޖެހޭ ކަމަށާއި ބޭނުންވާހާ އެއްޗެހި ނުގަނެވޭ ހާލު ގަނެނުދެނުމަށެވެ. އަދި ރަނގަޅު އެއްޗެއްސާއި ނުރަނގަޅު އެއްޗެހި ކިޔައިދީގެން ބޮޑުވާ ކުދިންނަށް ނޫނެކޭ ބުނަށް ޖެހިގެންކަން އެހެންއެ ބުނަނީ އެނގޭނެކަމަށް ނާސިހާ ވިދާޅުވި އެވެ. އެފަދަ ދަރިންނަށް ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355