twitterviber whatsapp telegramfacebookyoutube instagram
22nd July 2025

އައްޑޫއަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

Sep 24, 2017

އައްޑޫއަށް ވައިގެމަގުން އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފައިވަނީ 18 ސެޕްޓެމްބަރު 2017 ދުވަހުގެ ހެނދުނު ސްރީލަންކާގެ ކޮލަމްބޯއިން ސ.ގަމަށް އައި އެއަރލައިންސްގެ 119UL ގެ 5 ފަސެންޖަރެއްގެ އަތުން ނެވެ.

އެ އެއާރލައިންސް އިން ރާއްޖެއައި އިންޑިޔާގެ 5 މީހެއްގެ ޢަމަލުތައް ހުރިގޮތުން ކަސްޓަމްސްއަށް ޝައްކު އުފެދިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މިމީހުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ރައްކާކޮށްފައިހުރި 30 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ 27، 29 އަދި 39 އަހަރުގެ 3 ފިރިހެނުންނާއި 53 އަހަރާއި 32 އަހަރުގެ 2 އަންހެނުންނެވެ.

އަތުލައިގަނެވުނު ތަކެތި ކަސްޓަމްސް އިން ޓެސްޓުކުރި އިރު މީގެ ތެރެއިން 17 ޕެކެޓްގައި ހުރި 4.312 ކިލޯގްރާމުގެ ތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮސިޓިވު ވެފައެވެ. އަދި 4 ޕެކެޓްގައި ހުރި 1.826 ކިލޯގްރާމުގެ ތަކެތި ހަޝިޝް އޮއިލް އަށް ޕޮސިޓިވު ވެފައިވާއިރު 9 ޕެކެޓްގައި ހުރި 285 ގުރާމުގެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކްރިސްޓަލް މެތަށް ޕޮސިޓިވު ވެފައެވެ. މިއަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 6.423 ކިލޯގްރާމު ހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355