twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނުރައްކާތެރި އެކްސިޑެންޓަކުން ބޮޑު އަނިޔާއެއް ނުލިބި ހަނިގޮތަކަށް ޒުވާނަކު ސަލާމަތްވެއްޖެ

Sep 25, 2017

ކުޅުދުއްފުށީގައި ޕިކަޕަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް މާ ބޮޑު އަނިޔާއެއް ނުލިބި ހަނިގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކުޅުދުއްފުށީ ޕޯޓުން ނުކުމެގެން ދެކުނުން އުތުރަށް ދުއްވާފަދިޔަ ސައިކަލަކާއި އުތުރުން ދެކުނަށް ދުއްވާފައި ޕޯޓަށް ވަންނަން ވެލިގަނޑު މަތިން ފޭބި ޕިކަޕެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ އެމަގުގެ ހުޅަނގު ކަންމައްޗަށްވާ ގޮތަށެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕާއި ސައިކަލް ޖެހުނު ވަގުތު ސައިކަލްގައި އިން އަހުމަދު އިސްމާއިލް (28އ)   ވިއްސައިގެން ގޮސް ވެއްޓިފައިވަނީ ޕިކަޕުގެ ދަށަށެވެ.  އޭނާގެ ކަނާތު ފައިތިލަ  ޕިކަޕްގެ ފުރޮޅު ދަށުގައި އޮތްއިރު މީހާގެ ބޯ ފިޔަވައި މުޅި ހަށިގަނޑު އޮތީ ޕިކަޕުގެ ދަށުގަ އެވެ. ފުރޮޅު ދަށުން އޭނާގެ ފައި ނެރުނީ ޕިކަޕް ފަހަތަށް ޖަހައިގެންނެވެ.

އެކްސިޑެންޓް ހިނގިއިރު އޭނާ ހުރީ ސޭފްޓީ ބޫޓަކަށް އަރައިގެންނެވެ. ހަށިގަނޑަށް ސީރިއަސް ޒަހަމްތަކެއް ނުލިބުނު ނަމަވެސް ފައި ވަރަށް ފުންކޮށް މަށައިގެން ގޮސް ތަނބިކަށިގަނޑު ބޭރަށް ފެންނަ ހުއްޓެވެ. އަދި ބިންމަތީގައި ބޯ ޖެހުމުން ނޭފަތުންނާއި އަނގައިގެން ލޭ އައިސްފައި ވެއެވެ. ނަމަވެސް ބޭސް އެޅުމަށް ފަހު އޭނާވަނީ އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

މިއެކްސިޑެންޓްގައި އަހުމަދު ދުއްވި ސައިކަލަށްވެސް ވަނީ ގެއްލުންވެފަ އެެވެ. އިތުރު މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355