twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޖީނެއް ގެނެސް ބިލެއްފައްސަށް ކަރަންޓް ދޭން ފަށައިފި

Sep 25, 2017

އިންޖީނެއް ގެނެސް ބިލެއްފައްސަށް ރޭ ކަރަންޓު ދޭން ފަށައިފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ބިލެއްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ ރޭ އަލުން ކަަރަންޓު ދޭން ފަށާފައިވާ ކަމަށާއި މިހާރު ހުރިހާ ގެ ސްކޫލާށް އަދި ހުރިހާ އޮފީސްތަކަަކަށް ވެސް ކަރަންޓު ލިބޭނެ ކަމަށެވެ.

ފެނަކައިން އެއަތޮޅު ފޭދޫއިން ޖަނަރޭޓަރެއް އިއްޔެ ހަވީރު ބިލެއްފައްސަށް ގެނެސް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިކަަމަށާއި އެގޮތުން އިންޖީނުގޭގެ ގޯތި ތެރޭގައި ވަގުތީގޮތުން ތަނެއް ހަދައިގެން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވުނީ ރޭ 12:18 ހާއިރުކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެގޮތުން އިއްޔެ ގެނެސްފައިވަނީ 120 ކިލޯ ވޯޓުގެ ޖަނަރޭޓަރެއްކަމަށާއި އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އިތުރު ޖަނަރޭޓަރެއް ގެނެވޭނެކަމަށް ފެނަކައި ބުނެފައިވާ ކަަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޖީނުގެ އަލުން މަރާމާތު ކުރުމަށް ވަރަށް އަވަހަށް ބިޑަށް ހުށައަޅައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފެނަކައިން ހާމަކޮށްފައިވާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. އެގޮތުން މިކަމުގައި ފެނަކައިން ދެމުންދާ އެހީތެރިކަމަށް ފެނައިގެ އިސްވެރިންނަށާއި ހުރިހާ މުވައްޒަފުންނަށާއި ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު މުހައްމަދު ހުސެއިންއަށް ޒިޔާދު ޝުކުރު އަދާކުރެއްވި އެވެ.

އަދި ބިލެއްފަހީގެ ރައްޔިތުން މިކަމުގައި ކައުންސިލަށް ދެއްވި އެއްބާރުލުން ވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ.

ބިލެއްފަހި އިންޖީނު ގޭގައި އަލިފާން ރޯ ވެފައިވަނީ އިއްޔެ ރޭ ގާތްގަނޑަކަށް 11:35 ހާއިރު އެވެ. މިހާދިސާގައި އިންޖީނުގެ އެކޮށްހެންވަނީ އަނދައި ހުލިވެފައިވާއިރު އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ހުރި ތިން އިންޖީނާއި އެތަނުގައި ހުރިހާ ތަކެއްޗެއްވަނީ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355