twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެންވަރަމަންޓް ކޭމްޕުގެ ބެސްޓް ޕެޓްރޯލްގެ މަގާމު އަފީފުއްދީން ސްކޫލުގެ ގާލްގައިޑުން ހޯދައިފި !

Sep 26, 2017

ގާލް ގައިޑް އެސޯސިއޭޝަން އާއި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން ކުރިއަށް ގެންދިޔަ އެންވަރަމަންޓް ކޭމްޕުގެ ބެސްޓް ޕެޓްރޯލް މަގާމު އަފީފުއްދީން ސްކޫލު ގައިޑުންނަށް ލިބިއްޖެ އެވެ.

އެންވަރަމެންޓް ކޭޕްގައި ބައިވެރިވެ އަފީފުއްދީން ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން–

މި މަހު 21 ން 23 އަށް ކ. ހުރާ ގައި ކުރިއަށް ގެންދިޔަ މި ކޭޕަކީ މުޅި ރާއްޖޭގެ ގާލް ގައިޑު ހަރަކާތް ހިންގާ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެންވަރަމެންޓް ކޭޕްގައި ބައިވެރިވެ އަފީފުއްދީން ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން–

ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިކޭމްޕުން އަފީފުއްދީން ސްކޫލްގެ ގާލް ގައިޑް މި ކާމިޔަބީ ހޯދާފައިވަނީ ރާއްޖޭގެ 21 ސްކޫލެއްގެ 112 ދަރިވަރުންނާ ވާދަކޮށެވެ.

އެންވަރަމަންޓް ކޭޕްގައި ބައިވެރިވި ރާއްޖޭގެ އެކި ސްކޫލުތަކުގެ ގައިޑުން–

އެގޮތުން ކޮންމެ ސްކޫލަކުން 7 ގައިޑުންނާއި 1 ގައިޑު ލީޑަރު ބައިވެރިވި މި ހަރަކާތުގައި ފަރާއި ކުޅި އޮބްޒާރވްކޮށް އިސްރާފް ކުރެވޭ މިންވަރު ބަލާފައިވެއެވެ. އަދި ސާފު ކުރުމުގެ ޕްރޮގްރާމަކާއި ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކޭމްޕުގެ ތެރެއިން ކުރިއަށް ގެންގޮސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355