twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަސާސީ ހިދުމަތްތަކުގެ އަގު ހުރިހާ ރަށެއްގައި ހަމަހަމަކޮށް ދިނުމަށް ރޮޒެއިނާ ގޮވާލައިފި

Sep 26, 2017

އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ ރަށްރަށުގައި ބޮޑުކޮށްފައިވާތީ އަގުތަށް ދަށްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފި އެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވިޔަސް މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމުން ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތް ވެސް މަތިކަމަށާއި އަސާސީ ހިދުމަތެއްގެ އަގު މާލެއަށް ވުރެ ބޮޑުކޮށް އެހެން ރަށްރަށުގެ ރައްޔިތުންގެ އަތުން ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.

އެގޮތުން އައްޑޫގައި މާލެއަށް ވުރެ، ތިން ގުނަ އަގުބޮޑުކޮށް ފެނަށް ޗާޖް ކުރާ ކަމަށް ބުނެ، ރޮޒެއިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައްޑުއަށް ނަރުދަމާގެ ހިދުމަތް ނުދެވި އޮއްވާ ފެން ޓަނަކަށް 65 ރުފިޔާގެ ރޭޓުން އެންމެ ދަށް ބޭންޑްގައި ޗާޖު ކުރަން ނިންމާފައިވާ ކަމަށާއި މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން ފެނަކަ އިން މައުލޫމާތު ދީފައިވަނީ މި އަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މި ހިދުމަތް ދެމުންދާ އަގު ކަމަށެވެ.

މީގެ އިތުރުން ދާދި ފަހުން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ފާޑިވިދާޅުވެފަ އެވެ. އަދި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށް ވިދާޅުވެ ފެނަކަ އިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު މާލެއާ އެއްވަރަށް މިހާރުން މިހާރަށް ކުޑަކޮށް ދިނުމަށް ރޮޒައިނާ ވަނީ ގޮވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355