twitterviber whatsapp telegramfacebookyoutube instagram
25th May 2025

އުރީދޫ ގެ “މަގޭ ޕްލޭން” އިން ކަސްޓަމަރުންގެ އަމިއްލަ ޕްލޭން ޑިޒައިން ކުރުމުގެ ފުރުސަތު!

Sep 26, 2017

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، މޮބައިލް ޕްލޭން އަމިއްލަފުޅަށް ޑިޒައިން ކޮށްލެވޭ ހާއްސަ ހިދުމަތެއްކަމަށްވާ “މަގޭ ޕްލޭން” މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ ބޭފުޅަކަށް އެންމެ ފަސޭހަ ގަޑިއެއްގައި މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް މަގޭ ޕްލޭންގެ ހިދުމަތް ފަސޭހަކަމާއި އެކު މިހާރު ހޯދޭނެއެވެ. މިގޮތުން އުރީދޫ ވެބްސައިޓުން މިހާރުވެސް މަގޭ ޕްލޭން ފަރުމާކޮށްލެވޭ އިރު އުރީދޫގެ މޮބައިލް އެޕްލިކޭޝަނަށްވެސް މި ހަފްތާ ތެރޭގައި މަގޭ ޕްލޭންގެ ހިދުމަތް ލިބިގެންދާނެއެވެ.

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުން ހިފޭ މި ހާއްސަ ހިދުމަތާއި އެކު އެބޭފުޅެއްގެ މޮބައިލް ޕްލޭންގެ ކޮންމެ ބައެއްވެސް ވަކިން ފަރުމާކޮށްލެވޭނެއެވެ. މިގޮތުން އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީގެ ހިދުމަތް ހިޔާރުކޮށްލެވޭނެ އެވެ.

މަގޭ ޕްލޭންގެ ހިދުމަތް ބޭނުންކުރުމަށް:

1. މަގޭ ޕްލޭން ފަރުމާކުރުމަށް، މައި އުރީދޫއަށް ލޮގްއިން ކޮށްލައްވާ އެއަށްފަހު މަގޭ ޕްލޭން އައިކަން ހިޔާރުކުރައްވާ.

2. މޮބައިލް ޑޭޓާ އަށް ފިތާލެއްވުމަށްފަހު ބޭނުންފުޅުވެލައްވާ ޑޭޓާ އެލަވަންސް ހިޔާރު ކުރައްވާ މިގޮތުން 100 އެމްބީ އިން ފެށިގެން 1000 ޖީބީއާއި ހަމައަށް އިހްތިޔާރު ކުރެއްވޭނެ.

3. ކޯލް ކުރެއްވުމަށް ބޭނުންފުޅުވާ ވަރެއް ކަނޑައަޅުއްވާ. އުރީދޫގެ ނަމްބަރުތަކަށް ވަކި މިންވަރެއް ނުވަތަ ލޯކަލް ކޮންމެ ނަމްބަރަކަށް ގުޅާލުމަށްވެސް، 20،000 މިނިޓާ ހަމައަށް އިހްތިޔާރު ކުރެއްވޭނެ.

4. ގިނައިން އެސްއެމްއެސް ކުރައްވާ ބޭފުޅެއްނަމަ އެސްއެމްއެސް ކުރައްވަން ބޭނުންފުޅުވާ މިންވަރެއް ކަނޑައަޅުއްވާ. ގިނަވެގެން 25،000 އެސްއެމްއެސް ޚިޔާރު ކުރެއްވިދާނެ.

5. ޑޭޓާ ކޯލް އަދި އެސްއެމްއެސް ޕެކޭޖްގެ މުއްދަތުގެ ގޮތުގައި 1 ދުވަސް، 3 ދުވަސް، 7 ދުވަސް، 15 ދުވަސް، ނުވަތަ 30 ދުވަސްވެސް އިހްތިޔާރު ކުރެއްވޭނެ.

6. އައިޑީޑީ ކޯލް ކުރައްވާ ބޭފުޅުންނަށްވެސް މަގޭ ޕްލޭންއިން ވަރަށް ހާއްސަ މަންފާތަކެއް ލިބިވަޑައިގަންނަވާނެ މިގޮތުން އެންމެ 19 ރުފިޔާއަށް ރާއްޖެއިން ބޭރަށް ގުޅާލުމަށް އެންމެ ހެޔޮއަގު 30 ދުވަހުގެ މުއްދަތަށް ބޭނުންފުޅުވާނަމަ އައިޑީޑީ އޮފަރ އިހްތިޔާރު ކުރެއްވޭނެ.

7. ބޭނުންފުޅުވާ ގޮތަށް މަގޭ ޕްލޭން ފަރުމާކުރަމުންދާއިރު ޕްލޭންގެ ޖުމްލަ އަގު ފެނިވަޑައިގަންނަވާނެ ޕްލޭން އިހްތިޔާރު ކުރެއްވުމަށް “ކްރިއޭޓް މަގޭ ޕްލޭން” ބަޓަނަށް ފިއްތާލައްވާ.

މަގޭ ޕްލޭންގެ ހިދުމަތް ބޭނުން ކުރަށްވާނެ ގޮތް ދައްކުވާދޭ ވީޑިއޯ އެއް ބައްލަވާލުމަށް ނުވަތަ މަގޭ ޕްލޭން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/mageyplan އަށް ޒިޔާރަތް ކުރެއްވުމަށް އުރީދޫއިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355