twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ މަންދޫބުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކެއް ކުރިއަށް އެބަދޭ

Feb 15, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޖަމްއިއްޔާއިން ހޮވާފައިވާ މަންދޫބުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކެއް އިއްޔެ ހަވީރު އެސްކޫލުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި ޕްރޮގްރާމާބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ވިދާޅުވީ މިޕްރޮގުރާމްތަކުގެ މައިގަނޑު މަޤްސަދަކީ ކޮންމެ މަހަކު އެއްފަހަރު ކުލާސްތަކުގެ މަންދޫބުން ބެލެނިވެރިންނާއި ކުރިމަތިލާއިރު ވާހަކަ ދައްކާނެގޮތާއި ކުދިންގެ ކިޔެވުމާއި ބެހޭގޮތުން ސުވާލު ކުރާނެގޮތާއި ބެލެނިވެރިންގެ ފަރާތުން ކަންކަމާއިބެހޭ ގޮތުން މަޢުލޫމާތު ހޯދާނެ ގޮތް ދަސްކޮށްދިނުންކަމުގައެވެ. އަދި މިޕްރޮގުރާމްތައް ނިމިގެންދާއިރު އެސްކޫލުގެ ހުރިހާ ގުރޭޑެއްގެ ބެލެނިވެރިންގެ މަންދޫބުންނަށް މިމަޢުލޫމާތުތައް އެގިގެންދާނެކަމަށް ޕްރިންސިޕަލް ވިދާލުވިއެވެ.

އިތުރަށް ޕްރިންސިޕަލް ވިދާޅުވީ މިފަހަރު މިހިންގޭ މަންދޫބުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް މިގެންދާ ޕްރޮގްރާމަކީ ޕީޓީއޭގެ އެކަޑެމިކް ކޮމެޓީގެ ފަރާތުން ހިންގާ ޕްރޮގުރާމެއްކަމަށެވެ.

ކުރިއަށް އޮތްތަނުގައި މިކޮމެޓީގެ ފަރާތުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ތަފާތު ޕްރޮގުރާމްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ތައުލީމީ މަރުކަޒަކީ ސްމާޓް ސްކޫލުގެ ގޮތުގައި ހެދުމަށް ކުރިއަށް ގެންދެވޭ ޕްރޮގުރާމް ތަކުގެ ތެރޭގައި މިޕްރޮގުރާމް ހިމެނިގެންދާނެކަމަށާއި އަދި މިއަދު ގުރޭޑް06 އަދި 07 ގެމަންދޫބުންނަށް މަޢުލޫމާތުދެވިފައިވާކަމަށް އެސްކޫލުން ހާމަކުރަށްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355