twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒުވާނުންގެ ކުރު ފިލްމް އުފެއްދުމުގެ ޕްރޮގުރާމު ޕްރިމިއަރ ކޮށްފި

Sep 26, 2017

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ފިލްމް ފޮ ޗޭންޖްގެ ޕްރިމިއަރ ޝްވެކް ސިނަމާގައި އޮތް ރަސްމިއްޔާތެއްގައި ބާއްވައިފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ފިލްމުތަކަކީ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެއް ކަމަށެވެ.

އެގޮތުން ފިލްމުތަށް ބެހިގެންދިޔައީ ޔޫއެންޑީޕީ އިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ގެ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި އޭގެތެރޭގައި އެސްޑީޖީ 5 ދެ ޖިންސުގެ ހަމަހަމަކަން، އެސްޑީޖީ 10 އެންމެންނަށް ހަމަހަމަ ފުރުސަތާއި އަދުލު ލިބުން އަދި އެސްޑީޖީ 12 ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުމަށް ކަމަށެވެ. އަދި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑަށް އެޅޭ ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ޕިލްމް ފޮ ޗޭންޖަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހު 16 އިން 23 ވަނަ ދުވަހާ ހަމައަށް ވަނީ ތަމްރީނު ޕްރޮގުރާމެއްވެސް ބާއްވާފައިވާ ކަމަށެވެ. މި ތަމްރީނުގައި ވާހަކަލިޔުމާއި، ޑައިރެކްޓްކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިން އެކި ފަންނީ މައުލޫމާތު ފޯރުކޮށްދެވިފައިވާނެ ކަމަށެވެ. ބައިވެރިންނަށް ތަމުރީނު ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އަހުމަދު ހިޝާމް ސައީދް (އަންދު) އަދި މެންޓާރސްގެ ގޮތުގައި އިޓާނަލް ޕިކްޗާސް، މަދޮޝިޕް، އަދި ސްޓްރީކް ސްޓޫޑިއޯ އިން ވަނީ ބައިވެރިވެފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކުރު ފިލްމު ހެދުމުގެ މި ޕްރޮގްރާމް އަކީ ޒުވާނުން ކްރިއޭޓިވް އާރޓްސް ގެ ދާއިރާއަށް ޝައުގުވެރި ކުރުމުގެ އިތުރުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް އެކުދިން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން އަމިއްލަ އަށް ފިލްމުފަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން ހޯދައިދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގާއި ޔޫއެންޑީޕީ އިން މި ކުރު ފިލްމުތައް ސޯޝަލް މީޑިއާގައި ދައްކާލުމަށްވެސް ވަނީ ނިންމާފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355