twitterviber whatsapp telegramfacebookyoutube instagram
18th April 2026

ބާރަށު ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

Sep 27, 2017

ހއ. ބާރަށު ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ހއ.ބާރަށު ސުކޫލާއި ހއ. ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ފެށިފައިވަނީ އިއްޔެ އެވެ. 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިހާރު އަމަލުކުރަމުންދާ ތައުލީމީ އައު މަންހަޖުގައި ވާގޮތުން ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެއްގެ ގޮތުގައި ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށް ފުލުސް މިޑީޔާއިން މައުލޫމާތު ދެއެވެ.

ބާރަށުގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ: ޕޮލިސް މީޑިޔާ

އަދި މި ޕްރޮގްރާމުގައި ގްރޭޑް 1، 2، 3 ގައި ތައުލީމު ހާސިލްކުރަމުންދާ ޖުމްލަ 70 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި މި ޕްރޮގްރާމު ކުރިއަށްގެންދަނީ އުތުރު ފަރާތު މޫދު ސަރަހައްދުގައި ކަމަށެވެ.

އޭގެ އިތުރުން ކުލާސްތައް ކުރިއަށް ގެންގޮސްދެނީ އެރަށު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ތެރެއިން ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފުލުސް މީޑިޔާއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެ ސުކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355