twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންމެ ގިނައިން ބޭނުން ކުރާ އެޕްތަކަށް މި އަހަރު އަންނާނެ ބައެއް ބަދަލު

Sep 27, 2017

މުއާސަލާތު ކުރުމުގެ ވިއުގައި އަހަރެމެން ހަމައެކަނި މި ބޭނުން ކުރަނީ މޯބައިލް އިން ގުޅާލުމަށް ނުވަަތަ އެއިން މެސެޖެއް ފޮނުވާލުމަކަށް ނޫނެވެ. މީގެ އިތުރުންވެސް އެތައް އެޕްލިކޭޝަންތަކެއް މިއަދު އަހަރެމެން އެބަ ބޭނުން ކުރަމެވެ. އެގޮތުން ގޫގުލް، ފޭސްބުކް، ޓްވިޓާރ، އަދި އިންސްޓަރގްރާމް ގެ އިތުރުން އެތައް އެޕްލިކޭޝަންތަކެއް ހިމެނެއެވެ.

މި އެޕްލިކޭޝަން ތައާރަފްވުމަަށް ފަހު މިވީ ދުވަސްތަކުގެ ތެރޭގައި އެކި ފަހަރު މަތިން މި އެޕްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މިއީ މިއަހަރުތެރޭ މި އެޕްތަކަށް އަންނާނެ ބައެއް ބަދަލުތަކެވެ.

ޓްވިޓާގައި ބޭނުން ކުރެވޭ ކެރެކްޓަރ ލިމިޓް 280 އަށް މި އަހަރު ތެރޭގައިި އިތުރު ކުރެވޭނެ އެވެ. އެގޮތުން މިހާރު މި ފީޗާރ ޓެސްޓު ކުރަމުން އަންނަ އިރު މި އަހަރުފަހު ކޮޅު މި ފީޗާރ ބޭނުން ކުރަން ލިބޭނެ އެވެ.

އިންސްޓަރ ގްރާމުންވެސް ފީޗާރސްތަކެއް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމީހަކު ލާ ޕޮޓޯއަށް ކޮމެންޓް ކުރެވޭނެ ވަކި މިންވަރެއް ކަނޑައެޅުމަށް ފީޗާރއެއް ތައާރަފް ކުރެވިގެން ދާނެ އެވެ. އަދި އިތުރު ކޮންމެންޓް ފިލްޓާއެއް ވެސް އިތުރު ކުރެވޭނެ އެވެ. މި ފިލްޓަރ ބޭނުން ކޮށްގެން އޮޓަމެޓިކުން އަރަބި، ފްރެންޗް، ޖާރމަން އަދި ޕޯޓްޖީސް ބަހަށް ކޮންމެޓް ބަދަލުކޮށްލެވޭނެ އެވެ.

ފަޔާރ ފޮކްސް އިން އެންމެ ފަހުގެ ބްރޮއުޒާ މިހާރު ތައާރަފްކޮށްފައިވާއިރު އެ ބްރައުޒާއަށް ނަން ދީފައިވަނީ “ފަޔާރފޮކްސް ކުއާންޓަމް” ގެ ނަމުން ނެވެ. އެ ކޮމްޕެނީން ބުނާގޮތުގައި އެ ބްރޮއުޒާ ގޫގުލް ކްރޮމްއަށް ވުރެ ފާސްޓްކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355