twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަންފަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މީރާސް

Sep 28, 2017

2016 ވަނަ އަހަރު ނޮޅިވަރަންފަރު ސްކޫލު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އެރަށު ކަނީރުގެ، އަހުމަދު މީރާސް ހޮވިއްޖެ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މީރާސްއަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ހދ އަތޮޅު އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އިބުރާހިމް ރަޝީދެވެ.

މިރަސްމިއްޔާތު ވާހަކަދައްކަވަމުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ މިދިޔަ އަހަރަކީ ތައުލީމީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ އަހަރެއް ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރު މީރާސް–

އެގޮތުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް މިދިޔަ އަހަރު 85 އިންސަތަށްއަށް އަރާފައިވާ ކަމަށެވެ. އަދި އެއީ ސްކޫލުގެ ތާރީހުގައިވެސް ފާސްވި ނިސްބަތް އެންމެ މަތި އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ކާމިޔާބީ ހޯދުމަށް ޓީޗާރުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މަލުގެ ގުލުދަސްތާތަކުން ވަނީ މަރުހަބާ ކިޔާފަ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މި ޖަލްސާގައި ކުލާސް ޕްރައިޒް، ކުލާސް ޕްރޮގްރެސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް ހޮވާ އެދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނި ލިޔުން ހަވާލުކޮށްފައި އެވެ. އެސްކޫލުގެ 16 ދަރިވަރަކު ރޭ ވަނީ އިނާމު ހާސިލުކޮށްފި އެވެ.

ނޮޅިވަރަންފަރު ސްކޫލު އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355