އަފީފުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ފަންޑް ރައިސް ކުރުމަށް ބާއްވާ ޖަމްބަލް ސޭލްއެއް އޮކްޓޯބަރ 3 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެ ސްކޫލް ހޯލުގައި ކުރިއަށް ގެންދާ މި ސޭލްގައި ރީޔޫސް ކުރެވޭނެ ތަކެތީގެ އިތުރުން ހެދިޔާއާއި މެވާ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
މި ސޭލްގައި 10 ސްޓޯލް ހުންނާނެ ކަމަށާއި މި ސޭލް އިން ލިބޭ ރުފިޔާ ހަރަދުކުރަމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައި ކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދެއެވެ.
މި ސޭލް ކުރިއަށްދާނީ 3 އޮކްޓޯބަރު ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:30- 15:00 އަށް ހަވީރު 15:45 – 18:00 އަދި ރޭގަނޑު 20:00 – 22:00