twitterviber whatsapp telegramfacebookyoutube instagram
17th December 2025

ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބިލުގެ ހަރަކާތްތަށް ފަށައިފި

Sep 28, 2017

ހދ ނޮޅިވަރަންފަރު ސްކޫލަށް އަންނަ އަހަރު 50 އަހަރު ފުރުން ފާހަގަކުރާ ގޯލްޑަށް ޖުބުލީގެ ހަރަކާތަށް ރަސްމީކޮށް ރޭ ފަށައިފި އެވެ.

ރަން ޔޫބިލުގެ މިހަރަކާތްތަށް ފައްޓަވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އިބުރާހިމް ރަޝީދެވެ. މިހަރަކާތް ފެށުމުގެ ގޮތުން އިބުރާހިމް ރަޝީދުވަނީ ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބިލްގެ އެކްޝަން ޕްލޭން ނެރެދެއްވާފަ އެވެ.

ނޮޅިވަރަންފަރު ސްކޫލު އެޑިއުކޭޝަން މިނިސްޓަރީގައި ރަޖިސްޓްރީކޮށްފައިވަނީ 1969 މެއިމަހުގެ 19 ވަނަ ދުވަހު އެވެ. އެސްކޫލު ފުރަތަމަ ހިންގާފައިވަނީ މަކުތަބުލް ގަމަރިއްޔާގެ ނަމުގަ އެވެ.

ރަން ޔޫބިލު ހަރަކާތްތަކުގެ ތެރޭގައި ފަންޑް ހޯދުމުގެ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ، ތައުލީމާ، އަދި ކުޅިވަރު ހަރަކާތްތަކެއް ހިމެނެ އެވެ. އެގޮތުން ލޯގޯ ޖަހައިގެން ސްޓިކާ،ދިދަ އަދި ޓީޝާޓު ވިއްކުމާއި ރަންޔޫބިލްގެ ޖަލްސާ ބޭއްވުމާއި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޙަތިމް ކުރުމާއި ގައިޑު ހަރަކާތްތަށް ފެށުން ފަދަ ގިނަ ކަންތައްތަކެއް ރާވާފައިވެ އެވެ.

މިހަރަކާތްތަށް ކުރިއަށްދާނީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355