twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ބިލެއްފަހި އިންޖީނުގެ އިމާރާތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

Sep 28, 2017

ށ ބިލެއްފަހީ އިންޖީނު ގޭގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިންޖީނުގެ އަނދައި ހުލިވެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އަދި 25 ވަނަ ދުވަހު އިންޖީނެއް ގެނެސް މިހާރު ކަރަންޓު ދެނީ އިންޖީނުގޭގެ ގޯތި ތެރޭގައި ވަގުތީގޮތުން ތަނެއް ހަދައިގެންނެވެ. އެހެން ކަމުން އައު އިމާރާތެއް އަޅާނެ ފަރާތެއް ހޯދުމަށް އެފަރާތުން އިއްޔެ ވަނީ އިއުލާން ކޮށްފައި އެވެ.

އިއުލާނުގައި ބުނެފައިވަނީ އެކުންފުނިން ދޭ މައުލޫމާތާއި ކުރެހުމާއި ބީ.އޯ.ކިޔުއާއި އެއްްގޮތަށް ށ.ބިލެއްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވަރ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ.

އަދި މިކަމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އަންނަ އަންނަ ދުވަހުގެ 11:30 އަށް އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 5 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ އަށް އަންދާސީހިސާބު ހުށަހެޅުމަށް ފެނަކަ އިން ވަނީ އެދިފައެވެ.

އޭގެ އިތުރުން އިއުލާނުގައިވާ ގޮތުގައި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 3018124 އަށް ގުޅުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355