އަތޮޅުތެރޭގައި ހޭންޑް ބޯލް ތަރައްގީކުރުމަށް ހޭންޑް ބޯލް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކޯޗިންގ ކޭންޕު ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ހޭންޑް ބޯލް ފެސްޓިވަލެއް އޮންނާނެ އެވެ.
އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 350 ކުދިން ބައިވެރިވާ މިފެސްޓިވަލްގައި ކުރިއަށްދާނީ ވަން ޑޭ ކަޕެއްގެ ގޮތުގައި މިއަދު ހަވީރު ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގަ އެވެ.
ހޭންޑް ބޯލް ކޯޗުން އުއްފެދުމަށް ކުރިއަށްދިޔަ މިކޯޗިން ކޭމްޕު ކުޅުދުއްފުށީގެ އިތުރުން ޅ ހިންނަވަރާއި ނ ވެލިދޫ، އއ މަތިވެރީގައިވެސް އެބަ ކުރިއަށްދެ އެވެ.
ކުޅުދުއްފުށީގައި ހޭންޑް ބޯލް ކޯޗިން ތަމްރީންކުރުމަށް ހަރަކާތްތެރިވަނީ ގައުމީ ހޭންޑް ބޯލްގެ ކޯޗާއި ގައުމީ ޓީމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނެވެ.
ހޭންޑް ބޯލް މޯލްޑިވްސް އާއި ގުޅިގެން މި ކޭމްޕު މިރަށުގައި ކުރިއަށްގެންދާ ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފަރާތުން އައުޝަން ބުނީ ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިވެންޓްގެ މަގުސަދަކީ އަންނަ އަހަރު އޮންނަ އިންޓަރ ސްކޫލު ހޭންޑް ބޯޅަ މުބާރާތްތަކަށް ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ޓީމެއް ގެންދިއުން ކަމަށެވެ.
އައުޝަން ބުނީ މިއިވެންޓަށް ފަހު ކޮންމެ ސްކޫލަކުން ސްކޮޑެއް ނަގައިގެން ވަރުގަދަ ޕްރެކްޓިސްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ހަވީރު އޮންނަ މިހަރަކާތް ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ޔޫޓިއުބް ޗެނައިލްއިން ލައިވްކުރާނެ އެވެ.