އިންފޮމޭޝަން ކޮމިޝަންގެ ފަރާތުން ދޭ މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ކައުންސިލުތަކުގެ ބައިން ހއ އަތޮޅު ކައުންސިލަށް ލިބިއްޖެ އެވެ.
މައުލޫމާތު ހާމަ ކުރުމުގެ ހައްގު ލިބިގަތުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރަންވަނައާ ހަވާލުވީ އެއަތޮޅުގެ ކައުންސިލް މެމްބަރު އަބުދުﷲ އިންފާޒެވެ. މިރަންވަނަ ހަވާލުކޮށްދެއްވީ ރައްޔިތުން މަޖީލީހުގެ ރައީސް އަބުދުﷲ މަސީހެވެ.
ތިން ދަރަޖައަކަށް ބަހާލައިގެން ދިން މިއެވޯޑްގެ މިނިވަން މުވައްސަސާތަކުގެ ބައިން ލިބިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.
މައުލޫމާތު ހާމަ ކުރުމުގެ ދެވަނަ ދަރަޖަ ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއާ އިލެކްޝަން ކޮމިޝަން އަދި އިސްލާމިކް އެފެއާޒް ހިމެނެ އެވެ.
އަދި އެންމެ ދަށުން ދަރަޖަ ލިބިފައިވާ އިދާރާތަކުގެ ތެރެގައި ހައުސިން މިނިސްޓްރީއާއި ޖެންޑަ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އަދި ރައީސް އޮފީސް ވެސް ހިމެނެ އެވެ.